ހޮޑު ބޭސް "އެމިޑަން ސަސްޕެންޝަން" ރާއްޖޭގައި ވިއްކުން މަނާކޮށްފި

ޑައިއެތިލީން އެތިލީން ގްލައިކޯލް އަކީ އިންސާނުންނަށް ވިހަ ދެ މާއްދާ އެވެ. މި މާއްދާތައް ހަށިގަނޑަށް އެތެރެވެއްޖެ ނަމަ މަރުވުމުގެ ފުރުސަތު ބޮޑެވެ.

ރާއްޖެއަށް އެތެރެކުރުމާ ބޭނުންކުރުން މަނާކުރި އެމިޑަން ސަސްޕެންޝަން ---

ހޮޑު ބޭސް، އެމިޑަން ސަސްޕެންޝަން، ރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެމްއެފްޑީއޭ އިން ބުނީ މިބޭހުގައި ޑައިތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ނަމަކަށް ކިޔާ ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް ހިމެނޭ ކަމުގައި ޕާކިސްތާނުގެ ބޭސް ރެގިއުލޭޓްކުރާ އޮތޯރިޓީން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ. 

އެހެންވެ، އެބޭސް ރާއްޖެ އެތެރެކޮށްގެން ވިއްކަމުން އަންނަ ފަރާތްތަކުން ބޭސް ނައްތާލުމަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އެ ބޭސް ނައްތާލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެމްއެފްޑީއޭ އިން ވަނީ އެދެފަ އެވެ.

ޑައިތެލީން އާއި އެތިލީން ގްލައިކޯލްއަކީ އިންސާނުންނަށް ވިހަ ދެ މާއްދާ އެވެ. ހަށިގަނޑަށް އެތެރެވެއްޖެ ނަމަ ނުރައްކާވެ، މަރުވުމުގެ ފުރުސަތު ބޮޑެވެ. އަދި ކުޑަކުދިންނަށް އެ ކެމިކަލްތަކުގެ ނުރައްކާ މާ ބޮޑެވެ. 

ރާއްޖެއަށް އެތެރެކުރާ ބޭހުގައި ޑައިއެތިލީން އަދި އެތިލީން ގްލައިކޯލް، ކިޔާ މި ނުރައްކާތެރި މާއްދާ ނެތްކަން ކަށަވަރު ކުރުމަށް ޓަކައި, ރާއްޖެ އެތެރެކުރާ ބޭހާއި އެކު އޭގައި ޑަބްލިއުއެޗްއޯގެ ޕްރީކޮލިފައިޑް ލެބޯޓްރީއަކުން މި ދެ މާއްދާ ނެތްކަން ކަށަވަރުކޮށް ހަދާފައިވާ ތަހުލީލު ރިޕޯޓު ހުށަހަޅަން ޖެހޭ ގޮތަށް އެމްއެފްޑީއޭއިން ވަނީ ހަދައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.