ނަމަވެސް، މިއަދު މަޖިލީހުގައި ނެގި ވޯޓުން ބިލު ވަނީ ބޭރުކޮށްލާފަ އެވެ. އިސްލާހު ފާސްކުރަން ވޯޓު ދިނީ 12 މެމްބަރުންނެވެ. އެއީ ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނެވެ. އިސްލާހާ ދެކޮޅަށް 38 މެމްބަރުން ވޯޓް ދެއްވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 76 އަށް ތިރި ކުރުމަށްފަހު، އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ގޮނޑިތަކެއް ކަނޑައެޅުމަށް ހުޅުދޫ ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި އިސްލާހު ބޭރު ކޮށްލައިފި އެވެ.
މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް އިލްޔާސް އިސްލާހު ހުށަހެޅުއްވާފައި ވަނީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާ އިސްލާހު ކުރެއްވުމަށެވެ.
މި ބިލުގައި ހިމަނާފައި ވަނީ އިދާރީ ދާއިރާތަކަށް 55 މެމްބަރުން އިންތިހާބު ކުރުމަށެވެ. އަދި، ހުރިހާ އިދާރީ ދާއިރާއެއް ތަމްސީލުވާނޭ ގޮތަށް އަށް އަންހެން މެމްބަރުން އިންތިހާބު ކުރުމަށެވެ.
ނަމަވެސް، މިއަދު މަޖިލީހުގައި ނެގި ވޯޓުން ބިލު ވަނީ ބޭރު ކޮށްލާފަ އެވެ. އިސްލާހު ފާސްކުރަން ވޯޓު ދިނީ 12 މެމްބަރުންނެވެ. އެއީ ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނެވެ. އިސްލާހާ ދެކޮޅަށް 38 މެމްބަރުން ވޯޓް ދެއްވި އެވެ.
ރާއްޖޭގެ އާބާދީއަށް ބަލައި އަންނަ އަހަރު އިންތިހާބު ކުރާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވަނީ 93 ދާއިރާއަށް އިތުރުކޮށްފަ އެވެ. މިހާރު މަޖިލީހުގެ 86 ދާއިރާ ތަމްސީލު ކުރެ އެވެ. ޑިމޮކްރެޓްސް ޕާޓީން ބުނާ ގޮތުގައި ރާއްޖޭގެ މަޖިލީހަކީ އެންމެ ގިނަ ދާއިރާ ތަމްސީލު ކުރާ މަޖިލީހެވެ.
މިއީ ދައުލަތުގެ ބަޖެޓުން ކުރާ ބޮޑު ހޭދައެއް ކަމަށް ވެސް އެ ޕާޓީގެ މެމްބަރުން މި ބިލުގެ ބަހުސްގައި ފާހަގަކުރެއްވި އެވެ.