ފިލްމްގެ ބައެއް މުހިއްމު ރޯލުތަކުން ފެނިގެންދާ ތަރިންތަކަށް ބަލާއިރު އަނިލް ކަޕޫރާއި ޕްރޭމް ޗޯޕްރާ އަދި ޝަކްތީ ކަޕޫރު ފާހަގަކޮށްލެވެއެވެ.
ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އިންޑިޔާގެ ސިނަމާތަކުގައި ދައްކަންފަށާ ފިލްމް އެނިމަލްއަކީ މިއަހަރު އިންޑިޔާގެ ސިނަމާތަކަށް އަންނާނެ އެންމެ ކާމިޔާބު އެއް ފިލްމްކަމުގައި އިންޑިޔާގެ ކްރިޓިކްސްއިން ބުނަން ފަށައިފިއެވެ.
ރަންބީރު ކަޕޫރާއި ރަޝްމިކާ ލީޑް ރޯލުން ފެނިގެންދާ މި ފިލްމަކީ އެކްޝަން ތްރިލާއެކެވެ. ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކޮށް ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމެގެ ވާހަކަ ބިނާވެފައި ވަނީ ދަރިއަކު ބައްޕައަކަށްޓަކައިވާ ގުރުބާނީއަކަށެވެ. ފިލްމްގެ މުހިއްމު ރޯލަކުން ބޮބީ ޑިއޯލް ފެނިގެންދާއިރު މިއީ މިހާތަނަށް ބޮބީގެ ކެރިއަރުގައި އޭނާގެ އެކްޓިންގ އެންމެ ތަފާތުކޮށް ފެންނާނެ ފިލްމްކަމުގައިވެސް އިންޑިޔާގެ ކްރިޓިކްސްއިން އަންނަނީ ބުނަމުންނެވެ.
ޖުމްލަ 201 މިނެޓްގެ ދިގުމިނުގެ މި ފިލްމްވެގެންދާނީ މިހާތަނަށް އިންޑިޔާގެ ސިނާމާއަށް އަންނަ ޑިއުރޭޝަން އެންމެ ދިގު ފިލްމަށެވެ. އިންޑިޔާގެ މަނާލީ، ޕަންޖާބު އަދި މުމްބާއީގައި މަންޒަރުތައް ނަގާފައިވާ މި ފިލްމްގެ ބައެއް މަންޒަރުތައް އިންގްލޭންޑާއި ސްކޮޓްލެންޑަގައިވެސްވަނީ ނަގާފައިއެވެ.
މި ފިލްމްގެ ޓިކެޓް އޮންލައިންކޮށް ވިއްކުމަށް ހުޅުވާލިތާއި ސައުވީސް ގަޑިއިރުނުވަނީސް 3.4 ކްރޯޑް ރުޕީސްގެ ޓިކެޓްވަނީ ވިކިފައެވެ. ފިލްމަށް ޖުމްލަ ހަރަދުކޮށްފައިވަނީ 100 ކްރޯޑް ރުޕީސްއެވެ.
ފިލްމްގެ ބައެއް މުހިއްމު ރޯލުތަކުން ފެނިގެންދާ ތަރިންތަކަށް ބަލާއިރު އަނިލް ކަޕޫރާއި ޕްރޭމް ޗޯޕްރާ އަދި ޝަކްތީ ކަޕޫރު ފާހަގަކޮށްލެވެއެވެ. މި ފިލްމް ޝްވެކް ސިނަމާގައި ދައްކަންވަނީ ހަމަޖެހިފައެވެ.