1988 ވަނަ އަހަރުގެ ބަޣާވާތުގައި ލުތުފީގެ ބައިވެރިޔާ ސަގަރު އާދަމް ނާސިރު ވެސް ވަނީ އެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަަމަވެސް އޭނާވެސް ހުކުމް ފުރިހަމަކޮށް ދޫކޮށްލިތާ އަހަރުތަކެއް ވެއްޖެ އެވެ.
1988 ވަނަ އަހަރު ދިވެހިރާއްޖެއަށް ގެނައި ބަޣާވާތުގެ ފަހަތުގައި ހުރި މުހިއްމު ފަރާތެއް ކަމަށްވާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީގެ ހުކުމް ފުރިހަމަ ކުރުމުން ޖަލުން ދޫކޮށްލައިފި އެވެ.
ހަތިޔާރު އެޅި ބިދޭސީ ކުލީ ސިފައިންގެ އެހީތެރިކަމާއެކު ލުތުފީ އިސްވެ ހުންނަވައިގެން 3 ނޮވެމްބަރ 1988 ގައި ރާއްޖެއަށް ދިން މި ހަމަލާގައި 19 ދިވެހިން ވަނީ ޝަހީދުކޮށްލާފައެވެ. ޓެރަރިޒަމްގެ ދައުވާ އުފުލައި ކުށް ސާބިތުވި ލުތުފީގެ މައްޗަށް މަރުގެ ހުކުމް ވެސް އޭރު އިއްވިއެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އުމުރަށް ޖަލަށް ލުމަށް ކުރި ހުކުމް ލުއިކޮށްފަ އެވެ. ރާއްޖޭގެ ގާނޫނުތަކުގެ ދަށުން އުމުރަށް ޖަލަށް ލުމަކީ 25 އަހަރެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ލުތުފީއަށް ބޭސްފަރުވާގެ ބޭނުމުގައި އަވަށްޓެރި ސްރީލަންކާއަށް ދަތުރުކުރުމުގެ ހުއްދަ ދީފައިވަނީ 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް އެ ފަހަރު ދިޔަގޮތަށް ފިލައިގެން އުޅޭތާ ނުވަ އަހަރު ފަހުން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ލަންކާގެ އީސްޓާ ސަންޑޭގައި ދިން ހަމަލާއާ ގުޅިގެން ރާއްޖޭގައި ހުންނަ މޯލްޑިވިއަން އެމްބަސީގައި ހިމާޔަތް އޭނާ ހޯދި އެވެ. އަދި އެފަހަރު، ފަހުން ވަނީ ރާއްޖެ ގެނެެސް އަލުން ޖަލަށްލާފައެވެ.
ލުތުފީގެ ހުކުމް މިއަދު ނިމިފައިވާއިރު، އޭނާ މިހާރު ވަނީ ޖަލުން ދޫކޮށްލާފައެވެ.
1988 ވަނަ އަހަރުގެ ބަޣާވާތުގައި ލުތުފީގެ ބައިވެރިޔާ ސަގަރު އާދަމް ނާސިރު ވެސް ވަނީ އެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. ނަަމަވެސް އޭނާވެސް ހުކުމް ފުރިހަމަކޮށް ދޫކޮށްލިތާ އަހަރުތަކެއް ވެއްޖެ އެވެ.