ދެ ކުއާޓަރު: ގިނައީ މަރުގެ އިންޒާރާއި އޮރިޔާންކާޑުން ބްލެކްމެއިލް ކުރުން

މީހުނަށް ބިރު ދެއްކުމާއި މަރުގެ އިންޒާރު ދިނުމާއި ބްލެކްމެއިލް ކުރުން ފަދަ ކަންކަން ރާއްޖޭގެ ކުށުގެ ވެށީގައި އަބަދުވެސް އޮވެ އެވެ. އެކަމަކު މިހާރު ގިނަ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް މީހުނަށް ބިރު ދެއްކުމާއި އިންޒާރު ދިނުމާއި އޮރިޔާން ކާޑް / ބަރަހަނާއި ފޮޓޯ އާއި ވީޑިއޯ ބޭނުން ކޮށްގެން މީހުން ބްލެކްމެއިލް ކުރުމުގެ ހާދިސާތައް ހިނގަ އެވެ. އަދި އެފަދަ ހާދިސާތައް ދަނީ ގިނަ ވަމުންނެވެ.

މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ފުލުސް އިދާރާގެ ހިސާބުތަކަށް ބަލާއިރު މީހުނަށް ބިރު ދެއްކުމުގެ 149 މައްސަލައެއް ހިމެނެ އެވެ. އަދި ދެވަނަ ކުއާޓަރުގައި އެފަދަ 141 މައްސަލައެއް ހިމެނެ އެވެ. ޖުމަލަ މި އަހަރުގެ ފުރަތަމަ ދެ ކްއާޓަރުގައި އުޅެނީ އެފަދަ 290 މައްސަލަ އެވެ. އަހަރު ނިމޭ އިރު މި މައްސަލަތައް ބޮޑު ތަނުން އިތުރުވާނެ އެވެ.

އެގެން މުހިންމު - މިއީ ހިސާބުތަކުގައި ހިމެނެނީ ބިރު ދެއްކުމާއި މަރުގެ އިންޒާރު ދިނުމުގެ މައްސަލަތަކުގެ ތެރެއިން ފުލުހުން ތަހުގީގު ކުރި އެފަދަ މައްސަލަތަކުގެ އަދަދެވެ. މި އަދަދުތަކަކީ ނިސްބަތުން ބަލާއިރު ރާއްޖޭގެ ކުށުގެ ވެށީގައި މަތީ ނަމްބަރެކެވެ.
  •  މަރުގެ އިންޒާރު: 63
  •  އެސްއެމްސް އިން ބިރު ދެއްކުން 4 މައްސަލަ
  •  ފޯނުން ބިރު ދެއްކުން: 12 މައްސަަލަ
  •  ހަތިޔާރު ބޭނުންކޮށްގެން ބިރު ދެއްކުން: 14
  •  މުދަލަށް ނުރައްކާކޮށް ބިރު ދެއްކުން: 9
  •  ފުލުސް އޮފިސަރުންނަށް ބިރު ދެއްކުން: 13
  •  އޮރިޔާންކާޑް ބޭނުންކޮށްގެން ބިރު ދެއްކުން: 42
  •  އެހެނިހެން ގޮތުން ބިރު ދެއްކުން: 132

މި އަހަރުގެ ފުރަތަމަ ދެ ކްއާއާޓަރަށް ބަލާއިރު ބި ރު ދެއްކުމުގެ މައްސަލަތަކުގެ ގޮތުގައި 741 މައްސަލަ ފުލުހަށް ރިޕޯޓް ކުރި އެވެ. މި މައްސަލަތަކުގެ ތެރެއިން ނުބަލައި ދޫކޮށްލީ 81 މައްސަލަ އެވެ. ތަހުގީގުކޮށް ޕީޖީއަށް ފޮނުވީ އަށް މައްސަލަ އެވެ. މީގެ ތެރެއިން 39 މައްސަލައެއްގައި މީހުން ހައްޔަރު ކޮށްފައި ވެއެވެ.

ކޮމެންޓް

1
450
ޔަހްޔާ
9 months ago

މި އީ ވެސް ވަރަށް އެހެން ޒާތަކަށް ހިނގާކަމެއް ރާއްޖޭގައި. އޮރިޔާން ކާޑް ކުޅޭމީހުންނަށް ނޯވޭ އަދަބެއް. ދެން އެޔޭކިފާ އަނގަ ހުޅުވާލާ މީހެއް މި ކުއްވެރި ވަނީ. މި ގައުމެއްވާ ނެތް. ރައީސް މައުމޫނު ހަމަ އެންމެ ފައްކަލީ. ހައްގު އަދަބު ދޭން ކެރުން

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.