ސިންގަޕޫރުގައި ވަޒަންވެރި ނުވަން، ރާއްޖޭ ދާނަން: އަދީބު

އެއީ އޮކްޓޫބަރު 5، 2020 ގައެވެ. އަދީބު މިނިވަންވެވަޑައިގަތީ ޖަލުގައި ހުންނަވާތާ އަށް އަހަރު ފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފު ދެއްވުމުންނެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވަނީ ވިދާޅުވެފައި --

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ސިންގަޕޫރުގައި ވަޒަންވެރި ނުވާ ކަމަށް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ކޮށްފައިވާ 20 އަހަރުގެ ޖަލު ހުކުމުން މިނިވަންވެ ވަޑައިގަތުމުން އަދީބު ރާއްޖޭން ފުރާ ވަޑައިގެންފައި ވަނީ މި މަހުގެ 16 އިގަ އެވެ. އެ ދަތުރުގައި އޭނާ ވަޑައިގެންނެވީ އުމްރާއެއް ވުމަށް މައްކާއަށެވެ. 

އުމްރާގެ އަޅުކަން އަދާ ކުރެއްވުމަށް ފަހު މީގެ ދެ ތިން ދުވަސް ކުރީން އަދީބު ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އެޔާއެކު އަދީބުގެ ދިރިއުޅުން ސިންގަޕޫރަށް ބަދަލުކޮށްފައިވާ ކަމަށް މައުލޫމާތު ލިބި، އެކަން މީޑިއާގައި އިއްޔެ ރިޕޯޓް ކުރި އެވެ.

ނަމަވެސް އަދީބު ވަނީ އެ ހަބަރުތައް ދޮގުކުރައްވާފަ އެވެ. އަދީބު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އޭނާ ސިންގަޕޫރަށް ވަޑައިގަތީ ބޭސްފަރުވާއަށް ކަމަށެވެ. ބޭސްފަރުވާގެ ކަންކަން ނިމުމާއެކު އަމިއްލަ ވަޒަނަށް ވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އަދި، އޭނާގެ ކުރިއަށް ހުރި މަސައްކަތްތައް ވެސް ކުރާނީ ރާއްޖޭގައި ކަމަށާއި، އޭނާ ވަޅުލާނީ ވެސް ރާއްޖޭގެ ފަސްގަނޑުގައި ކަމަށް ވެސް އެ ޕޯސްޓްގައި ވިދާޅުވި އެވެ.

މީގެ ކުރީން އަދީބު ވަނީ ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެންފަ އެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެއީ އޮކްޓޫބަރު 5، 2020 ގައެވެ. އަދީބު މިނިވަންވެވަޑައިގަތީ ޖަލުގައި ހުންނަވާތާ އަށް އަހަރު ފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މައާފު ދެއްވުމުންނެވެ.

އަދީބަކީ ރާއްޖޭގެ ހަ ވަނަ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ދެވަނަ ނައިބު ރައީސް ކަމާއި ދެ ސަރުކާރެއްގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ސިޔާސީ ވަރުގަދަ ލީޑަރެކެވެ. އޭނާ ސިޔާސީ ޕާޓީއެއް، އެމްޓީޑީގެ ނަމުގައި ސިޔާސީ ހަރަކާތް ކޮންމެވެސް ވަރަކަށް ހިންގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.