އަދީބު އުމްރާއެއްވެ ދިރިއުޅުން ސިންގަޕޫރަށް ބަދަލު ކުރައްވައިފި

އަދީބަކީ ރާއްޖޭގެ ހަ ވަނަ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ދެވަނަ ނައިބު ރައީސް ކަމާއި ދެ ސަރުކާރެއްގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ސިޔާސީ ވަރުގަދަ ލީޑަރެކެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ރާއްޖޭން ފުރާ ވަޑައިގެން އުމްރާއެއް ކުރެއްވުމަށް ފަހު ސިންގަޕޫރުގައި ދިރިއުޅުއްވަން ފައްޓަވައިފި އެވެ. 

މިނިވަންވެ ވަޑައިގަތުމުން އަދީބު ރާއްޖޭން ފުރާ ވަޑައިގަތީ މި މަހުގެ 16 އިގަ އެވެ. އެ ދަތުރުގައި އޭނާ ވަޑައިގެންނެވީ އުމްރާއެއް ވުމަށް މައްކާއަށެވެ. "މި" ނޫހަށް މުޅިން ކަށަވަރުވެފައިވާ ގޮތުގައި އުމްރާގެ އަޅުކަން އަދާ ކުރެއްވުމަށް ފަހު މީގެ ދެ ތިން ދުވަސް ކުރީން އަދީބު ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އަދި މިވަގުތަށް އަދީބުގެ ދިރިއުޅުއްވުން ބާއްވާނީ ސިންގަޕޫރުގަ އެވެ. 

އަދީބު ރާއްޖެ ދޫކުރައްވާ ބޭރަށް ވަޑައިގެންފައި ވަނީ އޭނާގެ މައްޗަށް އޮތް ޖަލު ހުކުމްގެ މުއްދަތު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަތަރު ދުވަހަށް ކުރުކޮށް ދެއްވުމުން އެ މުއްދަތު ހަމަވެ މިނިވަަންވެވަޑައިގެނެވެ. މިއީ މިދިއަ އަށް އަހަރު ދުވަހުގެ ތެރޭގ މިނިވަނެއްގެ ގޮތުގައި އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މީގެ ކުރީން އަދީބު ވަނީ ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އަދި ކަނޑުމަގުން ފިއްލަވައިގެން ރާއްޖެ ދޫކުރައްވާ ވަޑައިގަތުމަށް ވެސް މަސައްކަތް ކުރެއްވެވި އެވެ. 

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެއީ އޮކްޓޫބަރު 5، 2020 ގައެވެ. އަދީބު މިނިވަންވެވަޑައިގަތީ ޖަލުގައި ހުންނަވާތާ އަށް އަހަރު ފަހުންނެވެ.

އަދީބަކީ ރާއްޖޭގެ ހަ ވަނަ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ދެވަނަ ނައިބު ރައީސް ކަމާއި ދެ ސަރުކާރެއްގެ ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ސިޔާސީ ވަރުގަދަ ލީޑަރެކެވެ. އޭނާ ސިޔާސީ ޕާޓީއެއް، އެމްޓީޑީގެ ނަމުގައި ސިޔާސީ ހަރަކާތް ކޮންމެވެސް ވަރަކަށް ހިންގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.