ޖަނާހު ގްލޯބަލް ފައުންޑޭޝަނުން ބައިނަލް އަގުވާމީ އެވޯޑެއް ދެނީ

ޖަނާހު ގްލޯބަލް ފައުންޑޭޝަނުން ވަނީ 2025 އިން ފެށިގެން އައުޑްސްޓޭންޑިން އިމާޖިން ޔަންގް ލީޑާސްގެ ނަމުގައި އެވޯޑެއް ދޭނެކަން އިއުލާނުކޮށްފަ، މި އެވޯޑް ދެނީ ދުނިޔެއަށް ހުޅުވާލައިގެން

އިފޮޕްކާގެ ބައްދަލުވުމުގައި ބައިވެރިވި ނޫރެއިން ވާހަކަ ދައްކަވަނީ -- މަސީ

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހުގެ، ޖަނާހު ގްލޯބަލް ފައުންޑޭޝަނުން މުޅި ދުނިޔެއަށް ހުޅުވާލައިގެން، ކޮންސްޓްކަޝަން ދާއިރާގެ އެވޯޑެއް ދޭން ނިންމައި، އެކަން އިއުލާން ކޮށްފި އެވެ. 

ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ އިފޮޕްކާއިން ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވި 46 ވަނަ ބައްދަލުވުމުގައި ޖަނާހު ގްލޯބަލް ފައުންޑޭޝަނުން ބައިނަލްއަގުވާމީ އެވޯޑެއް ދޭން ނިންމިކަން އިއުލާނު ކުރެއްވީ މި އެވޯޑް ނިސްބަތްވެ ވަޑައިގަންނަވާ މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ ދަރިކަނބަލުން ނޫރެއިން ޖަނާހެވެ. މިއީ މިގޮތަށް ދިވެއްސެއް ހިމެނޭ ޖަމިއްޔާއަކުން ދުނިޔެއަށް ހުޅުވާލައިގެން ބައިނަލްއަގުވާމީ އެވޯޑެއް ދޭން ނިންމި ފުރަތަމަ ފަހަރެވެ. 

އިމާރާތް ކުރުމުގެ ދާއިރާގެ އިމާޖިން ޔަންގް ލީޑާސްގެ ނަމުގައި ދޭ މި އެވޯޑާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނޫރެއިން ވިދާޅުވީ މި ޕްރޮގްރާމަކީ އޭނާގެ ބައްޕާފުޅު ފެއްޓެވި ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށާ މި ޕްރޮގްރާމުގެ މުހިންމުކަން ފާހަގަކޮށް ދެން އޮންނަ ކޮންވެންޝަނުން ފެށިގެން އައުޓްސްޓޭންޑިން އިމާޖިން ޔަންގް ލީޑާސްގެ ނަމުގައި އެވޯޑެއް ތައާރަފުކޮށް އިނާމެއްގެ ގޮތުގައި 3،000 ޑޮލަރު (ގާތްގަނޑަކަށް 46,260ރ.) ދޭން ނިންމާފައިވާ ކަމަށެވެ. 

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަނުގެ 111 ވަނަ އަހަރީ ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ޖަނާހު ބައިވެރިވެ ވަޑައިގަންނަވަނީ

އިފޮޕްކާގެ ކޮންވެންޝަން ދެން އޮންނާނީ 2025 ވަނަ އަހަރު އެޕްރީލް 17 އިން 11 އަށް ސިންގްޕޫރުގަ އެވެ. 

އިފޮޕްކާ - އިފޮޕްކާ ނުވަތަ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަންސް ވުޖޫދުވީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެ އާރާސްތު ކުރަމުން ދިޔަ ދުވަސްވަރު އެވެ. އަލުން ދުނިޔެ އިމާރާތް ކޮށް ގައުމުތަކުގެ އިކޮނޮމީ ކޮޅަށް ތެދުވަން މަސައްކަތް ކުރި ވަގުތުތުގައި އުފެދުނު މި ޖަމިއްޔާގެ ޕައިނިއަރުންގެ ގޮތުގައި އަށް ގައުމެއް ހިމެނެ އެވެ.

ފިލިޕީންސްގައި މައި އޮފީސް ހުންނަ މި ޖަމިއްޔާގައި ދުނިޔޭގެ ބޮޑެތި އިގްތިސޯދުތައް ކަމަށްވާ އިންޑިއާ އަދި ޖަޕާންގެ އިތުރުން ޗައިނާ ފަދަ ބޮޑެތި ބާރުތައް ވެސް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.