އިފޮޕްކާ ކޮންވެންޝަންގައި އެމްއެންއޭސީއައި : ޗީފް ޑެލިގޭޓްސްއަކީ ނޫރެއިން

މި ބައްދަލުވުމުގައި ރާއްޖޭގެ ފުރަތަމަ ކަންޓްރީ ރިޕޯޓް ހުށަހެޅުންވެސް އޮތެވެ. އިފޮޕްކާއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ޖަމިއްޔާ އެވެ.

އެމްއެންއޭސީއައިއިން އިފޮޕްކާގެ ބައްދަލުވުމުގައި ބައިވެރިވި ޑެލިގޭޓްސް -- މަސީ

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންރެކްޓާސް އެސޯސިއޭޝަންސް (އިފޮޕްކާ) ގެ 46 ވަނަ ކޮންވެންޝަންގައި ކުރީގެ މަސީ އަދި މިހާރުގެ ގައުމީ ކޮންޓްރެކްޓަރުންގެ ޖަމިއްޔާ އެމްއެންއޭސީއައިގެ ހާއްސަ ޑެލިގޭޝަނެއް ބައިވެރިވެއްޖެ އެވެ. މި ޑެލިގޭޝަންގެ ޗީފް ޑެލިގޭޓްސްއަކީ ނޫރެއިން ޖަނާހެވެ. 

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގެ މި އަހަރުގެ ތީމަކީ ޕާޓްނަރިން އިން ސަސްޓޭނަބަލް އިންފާސްޓްރަކްޗާ އެވެ.  

ރާއްޖޭން ބައިވެރިވި ޑެލިގޭޝަން

  • 1.އިފޮޕްކާގެ ކުރީގެ ރައީސް / މިހާރުގެ އެމްއެންއޭސީއައިގެ ރައީސް މުހައްމަދު އަލީ ޖަނާހު
  • 2.އެމްއެންއޭސީއައިގެ ނައިބް ރައީސް އަލާއު އަލީ
  • 3.އެމްއެންއޭސީއައިގެ މެންބަރު ހޮޓެލް އެންޑް ރިސޯޓް އިންވެސްޓްމަންޓުގެ މަންދޫބު އައިޝާ ނޫރެއިން ޖަނާހު
  • 4.އެމްއެންއޭސީއައިގެ ސެކްރެޓެރީ ޖެނެރަލް އަދުނާން އަލީ
  • 5.އެމްއެންއޭސީއައިގެ ހިންގާ ކޮމެޓީގެ މެންބަރު އިބްރާހިމް މުއްތޮލިބް
  • 6.އެމްއެންއޭސީއައިގެ ދާއިމީ މެންބަރު އަމީން މޯލްޑިވްސްގެ މަންދޫބު މުރުޝިދާ އަލިމަނިކް
އެމްއެންއޭސީއައިއިން އިފޮޕްކާގެ ބައްދަލުވުމުގައި ބައިވެރިވި ޑެލިގޭޓްސް -- މަސީ

މި ބައްދަލުވުމުގައި މަސީގެ ރައިސް މުހައްމަދު އަލީ ޖަނާހުގެ އިތުރުން ނައިބު ރައިސް އަލާއު އަލީ އާދި ހޮޓެލް އެންޑް ރިސޯޓްސް އިންވެސްޓްމަންޓުގެ މަންދޫބު ނޫރެއިން އަލީ ޖަނާހު ވާހަކަ ދެއްކެވި އެވެ. އަދި ރާއްޖޭގެ ފުރަތަމަ ކަންޓްރީ ރިޕޯޓް ހުށަހަޅުއްވައި ދެއްވީ އެކަމާ އެވެ. 

ދުނިޔޭގެ ކޮންސްޓްކްޝަން ސިނާއަތުގެ އެންމެ އިސްވެރިންގެ ބޮޑު މި ބައްދަލުވުމުގައި މަސީ އިން އިފޮޕްކާގެ ސްޓޭންޑިން ކޮމެޓީތަކުގައި ބައިވެރިވެފައިވެ އެވެ. 

މި ކޮމެޓީތަކުގެ ތެރޭން ކޮންސްޓްރަކްޝަން އެވޯޑް ކޮމެޓީ ޗެއާ ކުރެއްވީ މުހައްމަދު އަލީ ޖަނާހު އެވެ. މި ބައްދަލުވުމުގައި އިފޮޕްކާ އާއި ކޮންސްޓްރަކްޝަން ސިނާއަތަށް މުހައްމަދު އަލީ ޖަނާހު ކޮށްދެއްވާ ހިދުމަތުގެ އަގު ވަޒަންކޮށް އެ ޖަމިއްޔާ އިން ޕްލާކެއް އަރުވާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.