ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ގާސިމްގެ އެޑްވައިޒަރު އަހްމަދު ނިހާން ހުސައިން މަނިކާއި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއާ އެމަނިކުފާނުގެ ކޮންގްރެސް ޕާޓީގެ އިސް ވެރީން ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންނާ އެކު މިރޭ މަޝްވަރާ ބައްދަލްވުމެއް ބާއްވައިފި އެވެ.
ރައީސް މުއިއްޒުގެ ގެކޮޅު، ދިމްޔާތު ގައި އޮތް މި ބައްދަލްވުމުގެ ރިޔާސަތު ބެލެހެއްޓެވީ އެމަނިކުފާނެވެ.
އެމަނިކުފާނުގެ އަރިހުގައި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އާއި މިނިސްޓަރު އާދަމް ޝަރީފް އުމަރާއި މިނިސްޓަރު ޒަމީރާއި މިނިސްޓަރު މުހައްމަދު ސައީދު އަދި ރައީސް އޮފީހުގެ ދެ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ އާއި ގާސިމްގެ އެޑްވައިޒަރު އަހްމަދު ނިހާން ހުސައިން މަނިކާއި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދު އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންނެވެ.
މިރޭގެ ބައްދަލްވުމާއި ގުޅޭގޮތުން ޖޭޕީން ބުނީ އެ ބައްދަލްވުމަކީ މަޖިލީސް އިންތިހާބާ ގުޅޭ މަޝްވަރާ ބައްދަލްވުމެއް ކަމަށެވެ. ބައްދަލްވުމުގައި ޖޭޕީން ބައިވެރިވީ މަޖިލީސް އިންތިހާބުގެ މަޝްވަރާ އަށް އެކުލަވާލި ކޮމެޓީގެ މެންބަރުން ކަމަަށެވެ.
މިފަދަ ބައްދަލްވުމެއް ބާއްވާފައި މިވަނީ ސަރުކާރު ކޯލިޝަން ގައި އޮތް އެންމެ ބޮޑު ޕާޓީ -- ޕީޕީއެމްގެ ރައީސް ކަމުން ރައީސް ޔާމީން ވަކިވެވަޑައިގެން އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ.
މިރޭގެ ބައްދަލްވުމުގައި ޖޭޕީގެ ފަރާތުން އިސްކޮށް ހުންނެވި ގާސިމްގެ އަނބިކަނބަލުންނަކީ ރައީސް ސޯލިހްގެ ސަރުކާރުގެ ޓްރާސްޕޯޓް މިނިސްޓަރެވެ. ގާސިމްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދަކީ ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.