ފަލަސްތީނަށް އެހީވާން އުކުޅަހުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ

އިޒްރޭލުގެ ހަމަލާތަކުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ވަނީ 14،800 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.

ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަ ކުރުމަށް މާލޭގައި ބޭއްވި ހަރަކާތެއްގެ ތެރެއިން -- މިހާރު ނޫޙުގެ ފޮޓޯއެއް

ފަލަސްތީނަށް އިޒްރޭލުން ދޭ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިވާން އއ. އުކުޅަހު ރައްޔިތުންގެ ފަރާތުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަދިޔާ ކޮށްފި އެވެ.

އުކުޅަހު ކައުންސިލުން ބުނީ އެ ފައިސާއަކީ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރު ކޮށްދޭން  އެ ކައުންސިލާއި އެ ރަށުގެ ހޯޕާއި ސިއްހީ މަރުކަޒާއި ސްކޫލާއި ސްޓެލްކޯ، މެޖިސްޓްރޭޓް ކޯޓާއި ސްޕޯޓްސް އެކަޑަމީ އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އާއި ހިދުމަތް ޖަމިއްޔާ ގުޅިގެން ހިންގު ހަރަކާތުން ލިބުނު ފައިސާ ކަމަށެވެ.

އެ ކައުންސިލްގެ އޮފިޝަލް އިބްރާހީމް އަނިލް، "މި" ނޫހަށް ވިދާޅުވީ ފަލަސްތީނަށް އެހީވާން ވަރަށް ގިނަ ފަރާތްތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ ފަންޑްރެއިންޒިން ހަރަކާތުން ހޯދި 181،131.97 ރުފިޔާ، އިންސާނީ އެހީ ދިނުމުގައި ހަރަކާތްތެރިވާ ހިދުމަތް ޖަމިއްޔާގެ އެކައުންޓަށް ޖަމާ ކޮށްފައިވާ ކަމަށެވެ.

އިޒްރޭލުގެ ހަމަލާތަކުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މިހާތަނަށް ވަނީ 14،800 އަށްވުރެ ގިނަ މީހުން ވަނީ މަރާލާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.