ބްރިޖް ލަސްވީ މަސައްކަތުގެ ގޮންޖެހުން އަންޑައެސްޓިމޭޓް ކުރެވިގެން

މިނިސްޓަރު ވިދާޅުވީ 50 މީޓަރު އަޑީގައި ތަނބު ޖަހައިގެން ބްރިޖު އަޅާ ކުންފުނިތަށް ދުނިޔޭގައިވެސް މަދު ކަމަށް.

އާ ސަރުކާރުގެ އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- އިންފްޓްރަކްޗާ

ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވެގެން ގޮސްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏަށް ރާއްޖޭގައި ހުރި ގޮންޖެހުންތަށް އަންޑައެސްޓިމޭޓް ކުރެވިގެން ކަމަށް ޕްލޭނިން މިނިސްޓަރު އަބްދުލް އާ ސަރުކާރުގެ އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެ އެވެ. 

ބްރިޖުގެ މައުލޫމާތު ދޭން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްރިޖު އެޅުމުގެ ތަޖުރިބާކާރު އިންޖިނޭރު މުއްތޮލިބް ވިގޮތުގައި ބްރިޖުގެ މަސައްކަތް ލަސްވެގެން ދިޔަ ސަބަބަކީ ރާއްޖޭގެ ތިމާވެށްޓާއި މޫސުން އަދި ކަނޑު އަޑީގެ މާހައުލުގައި ހުރި ގޮންޖެހުންތަށް އަންޑައެސްޓިމޭޓް ކުރެވިގެންނެވެ. 

"ކޯރެއްގައި މަސައްކަތް ކުރުމާ މިފަދަ ތަނެއްގައި މަސައްކަތް ކުރުމާ ވަރަށް ތަފާތުވާނެ. މި ކަހަލަ މަސައްކަތުގައި ހުންނަ ގޮންޖެހުންތަށް ގިނަ. މި ކަހަލަ ކޮންޑިޝަންގައި މަސައްކަތް ކުރުމުގެ ތަޖުރިބާ މަދުވުމަކީ ގޮންޖެހުމެއް. 50 މީޓަރުގެ އަޑީގައި ތަނބު ޖަހައިގެން މަސައްކަތް ކުރުމަކީ ތަޖުރިބާ ގޮތުން ދުނިޔޭގައި ވެސް އެހާ ގިނަ ބައެއް ނޫން،" މުއްތޮލިބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި މަސައްކަތުގެ ކުރީކޮޅު މަސައްކަތުގައި ގޮންޖެހުންތަށް ހުރިނަމަވެސް އެފްކޮންސް ކުންފުނި އިތުރު އުޅަނދުތަށް ގެނެސް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އިތުރު ގޮންޖެހުމެއް ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

"ދުނިޔޭގެ އެހެން ގައުމުތަކުގައި ހުންނަ ގޮތާ ރާއްޖޭގެ އަޑީގައި ހުންނަ ހާލަތު ވެސް އެއްގޮތެއް ނޫން. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގައި ވެސް އެކަން ދިމާވި. މިއީ މި މަސައްކަތް ނުކުރާ ބައެއްނަމަ ޗެލެންޖިން. ލާނިން ކާވްއެއް [ދަސް ކުރަން ޖެހޭ ހާލަތެއް] އަންނާނެ ކަމެއް. އަޅުގަނޑަކަށް ފާހަގަ ކުރެވެނީ މަސައްކަތުގެ ބުރަ ކަމާއި މަސައްކަތް އަންޑައެސްޓިމޭޓް ކުރެވުނީ. ފުރަތަމަ މަސައްކަތް ކުރި ތިންފައިލީ [ރުމައިލާ] އިން އެއީ މިކަހަލަ ތަނެއްގައި މަސައްކަތް ކުރަން އެކަށީގެންވާ އެއްޗަކަށް ނުވާތީ ފޮނުވާލީ،" މުއްތޮލިބް ވިދާޅުވި އެވެ.  

އޭނާ ވިދާޅުވީ އެފްކޮންސްއަކީ ބޮޑެތި މަޝްރޫއުތަށް ހިންގާ ބޮޑު ކުންފުންޏަކަށްވިނަމަވެސް މިފަދަ މަސައްކަތްތަކަށް އާ ކުންފުންޏެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

އެޕްކޮންސް - ދިވެހިރާއްޖޭގެ ގްރޭޓާ މާލޭ އޭރިއާގެ ކަނެކްޓިވީޓީއެއެއްގެ ގޮތުގައި ތިލާމާލެ ބްރިޖް އަޅަން ހަވާލުވެފައިވާ އިންޑިއާގެ އެފްކޮންސް އަކީ މަސައްކަތުގެ ތަޖުރިބާގައި ބައި ގަރުނަށްވުރެ ދިގު މާޒީއެއް އޮތް އަދި ދުނިޔޭގައި މަސައްކަތުގެ ވަރުދަ ނެޓްވޯކެއް އުފައްދައި ރަނގަޅު ޓްރެކް ރިކޯޑެއް ވެސް އޮތް ބްރިޖް / މެރިން ޕޯޓް ފެސިލިޓީ ކުންފުންޏެކެވެ. ޕޯޓް ފެސިލިޓީގައި ދުނިޔޭ ހަ ވަނައިގައި އޮތީ އެފްކޮންސް އެވެ. ބްރިޖު އެޅުމުގައި ރަނގަޅު މަގާމެއް ހޯދާފައި ވެ އެވެ. އިންޑިއާގެ ބިލިއަނަރު ޝަޕޫރު މިސްޓްރީގެ ޝަޕޫރުޖީ ޕަލޮންޖީ (އެސްޕީ) ގްރޫޕުގެ ދަށުން ހިންގާ އެފްކޮންސް ކުންފުނީގެ ބައެއް އެސެޓް ވިއްކާލުމުގެ ގޮތުން ބާޒާރަށް ނުކުމެ އެ ކުންފުނިން ވަނީ ބޮޑެތި ކުންފުނިތަކާއެކު މަޝްވަރާތަކެއް ވެސް ފަށާފަ އެވެ. މި ބަދަލާއެކު އެފްކޮންސްގެ މައި ކުންފުނި އެސްޕީ ގްރޫޕުގައި އޮތް އެފްކޮންސްގެ ހިއްސާގެ އަދަދު މަދުވެގެން ދާނެ އެވެ. އެފްކޮންސް ކުންފުނިން ވިއްކަން ތައްޔާރުވާ އެސެޓްތަކުގެ ތެރޭގައި އެ ކުންފުނިން އިންޑިއާގެ އިރުމަތީ އައްސޭރީގައި އޮންނަ ގޯޕަލްޕޫރުގައި ތަރައްގީ ކޮށްފައިވާ ބަނދަރު ހިމެނެ އެވެ. އެ ކުންފުނިން މި ފައިސާ ހޯދަން ނުކުމެފައި ވަނީ ދައްކަން ޖެހޭ ދަރަނީގެ ބައެއް އަދާ ކުރާށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.