ޓެކްސް މައާފުވާ ލިސްޓަށް ބިޔަ 23 މަޝްރޫއެއް

މި ލިސްޓުގައި ގިނައިން ހިމެނެނީ އިންޑިއާގެ ކުންފުނިތަކެވެ. އެންމެފަހުން މި ލިސްޓަށް އެޑްވެފައިވަނީ ވީއައިއޭ ޓާމިނަލް ތަރައްގީ ކުރާ ދެ ކުންފުންޏެކެވެ.

އައްޑޫ މަގުހެދުމުގެ މަސައްކަތުގެތެރެއިން: ގިނަ ކުންފުނިތަކަށް ވަނީ ޓެކްސްގެ މައާފު ލިބެން ފަށާފަ

ރާއްޖޭގައި ބިޔަ މަޝްރޫއު ހިންގާ ކުންފުނިތަކަށް އިންކަމް ޓެކްސްގެ އިސްތިސްނާ ދޭން އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުގެ މަތިން އެ ލިސްޓަށް 23 މަޝްރޫއެއް އަރުވައިފި އެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެކުލަވައިލި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (އިންކަމް ޓެކްސް ގާނޫނު) ން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން އެކުލަވައިލާ މި ލިސްޓުގައި މިހާރު ގިނައިން ހިމެނެނީ ރާއްޖޭގައި ބިޔަ މަޝްރޫއުތަށް ހިންގާ ފޮރިން އިންވެސްޓްމަންޓް ތަކެވެ. 

މި ކުންފުނިތަކުގެ ލިސްޓުގައި މިހާރު 23 މަޝްރޫއެއް ހިމަނާފައިވާއިރު މިދިޔަ ވެރިކަމުގައި ގިނައިން މަޝްރޫއު ހިންގާފައި ވަނީ އިންޑިއާގެ ކުންފުނިތަކާއެކުގައި ކަމަށްވާތީ މަޝްރޫއު ލިސްޓުގައި މުޅިން ވެސް ހިމަނާފައި ވަނީ އިންޑިއާގެ ކުންފުނިތަކެވެ. 

މި ލިސްޓަށް އެންމެ ފަހުން ވެރިކަން ބަދަލުވި ފަހުން އެޑްވެފައި ވަނީ ރާއްޖޭގައި މިހާރު ހިންގާ އެންމެ ބިޔަ މަޝްރޫއުގެ މަސައްކަތް ކަމަށްވާ ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލް އަޅާ ސައަުދީ ބިންލާދިން ކުންފުންޏާއި މި މަސައްކަތުގެ އަމަލީ ބައިގައި ހަރަކާތްތެރިވާ ކުންފުނި ޗައިނާ ހާބަރު އިންޖިއަރިން ކުންފުންޏެވެ. 

ޓެކްސް މާފުވާ ކުންފުނިތަކާއި މަޝްރޫއުގެ އަގު

  • 1.އައްޑޫ ޑިވްލޮޕްމަންޓް ކޮންސެލްޓެންސީ ދިން އައްޑޫ އެލްއެންޓީ |ޕްރޮޖެކްޓް އަގު 103 މިލިއަން ރުފިޔާ
  • 2.އައްޑޫ މަގުހަދާ އެފްކޮންސް | ޕްރޮޖެކްޓް އަގު1.1 ބިލިއަން ރުފިޔާ
  • 3.ހއ. ށ. ނޫނުގެ ނަރުދަމާ އަޅާ އިންޑިއާގެ ވިސްރާޖު | ޕްރޮޖެކްޓް އަގު 268 މިލިއަން ރުފިޔާ
  • 4.ޅ. ކ. އަދި އއ. ގެ ރަށްތަކެއްގެ ނަރުދަމާ އަޅާ އިންޑިއާގެ ޖޭއެމްސީ | ޕްރޮޖެކްޓް އަގު 201 މިލިއަން ރުފިޔާ
  • 5.ހއ. ވ. ގެ ނަރުދަމާ އަޅާ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓް އަގު | 205 މިލިއަން ރުފިޔާ
  • 6.މ. ފ. ހދ. ގެ ފެނާއި ނަރުދަމާ އަޅާ އިންޑިއާގެ އެސްއެމްސީ | ޕްރޮޖެކްޓް އަގު 309 މިލިއަން ރުފިޔާ
  • 7.ތ. ލގެ ނަރުދަމާއި ފެން އަޅާ އިންޑިއާގެ އެސްއެމްސީ | ޕްރޮޖެކްޓް އަގު 281 މިލިއަން ރުފިޔާ
  • 8.34 ރަށުގެ ނަރުދަމާ ޑިޒައިން ކުރާ އިންޑިއާގެ ޝާހް ކޮންސެލްޓެންސީ | ޕްރޮޖެކްޓް އަގު 60 މިލިއަން ރުފިޔާ
  • 9.ހަނިމާދޫ އެއާޕޯޓް މަޝްރޫއު ހިންގާ އިންޑިއާގެ ޖޭއެމްސީ | ޕްރޮޖެކްޓް އަގު 2.1 ބިލިއަން ރުފިޔާ
  • 10.ތިލަމާލެ ބްރިޖު އަޅާ އެފްކޮންސް | ޕްރޮޖެކްޓް އަގު 8.1 ބިލިއަން ރުފިޔާ
  • 11.ގއ. ގދ. ގެ ފެނާއި ނަރުދަމާ އަޅާ އިންޑިއާގެ ޓްރިވިނީ އިންޖިއަރިން އިންޑަސްޓްރީ | ޕްރޮޖެކްޓް އަގު 331 މިލިއަން
  • 12.ހުޅުމާލޭގައި 2،000 ފްލެޓް އަޅާ އިންޑިއާގެ ޖޭއެމްސީ | ޕްރޮޖެކްޓް އަގު 137 މިލިއަން ޑޮލަރު
  • 13.ހަނިމާދޫ އެއާޕޯޓުގެ ކޮންސެލްޓެންސީ ދިން އިންޑިއާގެ އެސްޓީޔޫޕީ ކޮންސެލްޓެންޓް | ޕްރޮޖެކްޓް އަގު 3.2 މިލިއަން ޑޮލަރު
  • 14.އައްޑޫ ބިން ހިއްކަން ހަވާލުކުރި އިންޑިއާގެ ވެން އޫޑް | ޕްރޮޖެކްޓް އަގު 1.3 ބިލިއަން ރުފިޔާ
  • 15.ފެލިވަރު އެކްޕެންޝަން ހަވާލުކުރި އިންޑިއާގެ ރިނަކް | ޕްރޮޖެކްޓް އަގު 23 މިލިއަން ޑޮލަރު
  • 16.ހުޅުމާލޭގައި 2000 ފްލެޓް އަޅާ އިންޑިއާގެ އެންބީސީސީ | ޕްރޮޖެކްޓް އަގު 130 މިލިއަން ޑޮލަރު
  • 17.ހުޅުމާލެ ފޭސް ދޭއްގަ 2،000 ފްލެޓު އަޅާ އިންޑިއާގެ ރެނާޓަސް | ޕްރޮޖެކްޓް އަގު 28 މިލިއަން ޑޮލަރު
  • 18.ހުޅުމާލޭގައި 2،000 ހައުސިން ޔުނިޓު އަޅަން ދިން އިންޑިއާގެ ވަރިންދުރަ ކޮންސްޓްރަކްޝަން | ޕްރޮޖެކްޓް އަގު 78 މިލިއަން ޑޮލަރު
  • 19.އައްޑު ގަން އެއާޕޯޓް ތަރައްގީ ކުރާ އިންޑިއާގެ ރެނާޓަސް | ޕްރޮޖެކްޓް އަގު 29 މިލިއަން ޑޮލަރު
  • 20.އައްޑޫ އެއާޕޯޓަށް ކޮންސެލްޓެންސީ ދިން އެސްޓީޔޫޕީ ކޮންސެލްޓެންޓް | ޕްރޮޖެކްޓް އަގު 1.3 މިލިއަން ޑޮލަރު
  • 21.މިފްކޯ ތަރައްގީ މަޝްރޫއު ދިން އިންޑިއާގެ އޯޓީޕީ އިންޓަނޭޝަނަލް | 2.9 ބިލިއަން ޑޮލަރު
  • 22.ވީއައިއޭ ޓާމިނަލް ތަރައްގީ ކުރާ ސައުދީ ބިންލާދިން | މަޝްރޫއުގެ އަގު 540 މިލިއަން ޑޮލަރު
  • 23.ވީއައިއޭ ޕެސެންޖަރު ޓާމިނަލް މަޝްރޫއު ހިންގާ ޗައިނާ ހާބަރު އިންޖިއަރިން | މަޝްރޫއުގެ އަގު 360 މިލިއަން ޑޮލަރު

ކިހިނެއް ދޭ އިސްތިސްނާއެއް؟

އިންކަމް ޓެކްސް އިސްތިސްތާ ކުރަނީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (އިންކަމް ޓެކްސް ގާނޫނު) ގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ ޓެކްސް އިސްތިސްނާ ދިނުމުގެ ބާރުގެ ދަށުންނެވެ. މިކަމަށް ގޮތެއް ނިންމާނީ ވަޒީރުންގެ މަޖިލީހުގެ ސަބްކޮމިޓީއެއްގެ ލަފަޔާއި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ. 

މި ގަވާއިދުގައިވާ ގޮތުން އިންކަމް ޓެކްސް އިސްތިސްނާ ދިނުމުގައި ތިން ކަމަށް ބަލާނެ އެވެ. އެއީ އިސްތިސްނާގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރާއި އިސްތިސްނާ ދިނުމުން އިގުތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރާނެ ފައިދާ އާއި ގެއްލުން ހިމެނެ އެވެ. 

ކޮމެންޓް

1
450
މަފާޒާ
9 months ago

ކޮނބާ 11 އަހަރު ވަންދެން އަދިވެސް ޓެކްސް މާގުކޮށްދޭ ސިފައިންގެ ފުލެޓްތަކާ ފުލުހުންގެ ފުލެޓްތަކުގެ ވާހަކަ ނުލިއުނީ ކީއްވެ؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.