ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމަކަށް އައްޝައިހް މުހައްމަދު ލަތީފް ހަމަޖައްސަވާފައި ވަނީ މިނިސްޓަރު ފެންވަރު ގައެވެ.
ލަތީފް، އެ މަގާމަށް ހަމަޖައްސަވާ މިއަދު ވަނީ ފަތްކޮޅު ހަވާލު ކުރައްވާފައެވެ. ލަތީފަށް ފަތްކޮޅު އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމަކަށް އައްޝައިހް މުހައްމަދު ލަތީފް ހަމަޖައްސަވާފައި ވަނީ މިނިސްޓަރު ފެންވަރު ގައެވެ.
ދިވެހީންގެ މެދުގައި މަގުބޫލު ޝައިހް ލަތީފު ފަސްޓް ޑިގްރީ ހާސިލު ކުރެއްވީ އިމާމު މުހައްމަދު ބުނު ސުއޫދު -- ސައުދީ ޔުނިވާސިޓީންނެވެ. ފަސްޓް ޑިގްރީ ހާސިލު ކުރެއްވީ ގުރުއާނާއި ސުންނަތުންނެވެ. ކިންގް ސުއޫދު ޔުނިވާސިޓީން ޕޯސްޓް ގްރެޖްއޭޓް ޑިޕްލޮމާ ހާސިލު ކުރައްވާފައި ވެއެވެ.
ރައީސް ޔާމީންގެ ސަރުކާރު ގައި ވެސް މަރުކަޒުގެ އިސް އިމާމަކަށް ހުންނެވީ ޝެއިހް ލަތީފެވެ. ޝެއިހް ލަތީފް ފަހުން ހުންނެވީ ފަނޑިޔާރު މިސްކިތުގެ އިމާމަކަށެވެ.
އިސްލާމީ މަރުކަޒުގެ އިސް އިމާމަކަށް މިނިސްޓަރު ފެންވަރު ގައި ބޭފުޅަކު ހަމަޖެއްސެވި މިއީ ދެވަނަ ފަހަރެވެ. ކުރީން އެ މަގާމަށް މިނިސްޓަރު ފެންވަރު ގައި ހަމަޖެއްސެވި ބޭފުޅަކީ އައްޝައިހް އަހްމަދު ޝާތިރު އެވެ. އެއީ ރައީސް މައުމޫންގެ ވެރިކަމު ގައެވެ.