އަރަބިއްޔާ އަޅަން ބޮޑު ބިމެއް، 100 ދުވަސްތެރޭ މަސަައްކަތް ފަށަނީ

އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވީ ކުރީ ގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ.

އަރަބިއްޔާގެ ދަރިވަރުންތަކެއް

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމަށް ހާއްސަ ހަމައެކަނި ސުކޫލް -- އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އަޅާނެ ބިން ކަނޑައަޅުއްވައި "ހަފުތާ 14" ގައި އަމަލީ މަސައްކަތް ފެށްޓެވުމަށް ސަރުކާރުން ނިންމަވައިފި އެވެ.

އަރަބިއްޔާ ސްކޫލް އަޅާނެ ބިމެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުއްވީ ކުރީ ގައި ކުނިކޮށި ހުރި ބިންކަމުގައިވާ 381 ނަންބަރު ކޮށްޓެވެ. "ހަފުތާ 14" ގައި އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން މިއަދު ބުންޏެވެ.


އަރަބިއްޔާ ސްކޫލް ޒަމާނީކޮށް ފުޅާ ދާއިރާއެއްގައި އަރަބި ބަހުން ތައހލީމު ދެވޭ މަރުކަޒަކަށް އެ ސްކޫލް ހެދުމާ އެކު މާލެއިން އެކަށޭނަ ބޮޑު ބިމެއްގައި ޖާގައިގެ ގޮތުން ތަނަވަސ ޒަމާނީ އާ އިމާރާތެއް ބިނާކޮށް އެތަނަށް އަރަބިއްޔާ ސްކޫލް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ "ދިވެހީންގެރާއްޖެ" މެނިފެސްޓޯގައި ހިމެނޭ ރިޔާސީ ވައުދެކެވެ. 

އަދި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް އަރަބިއްޔާ ސްކޫލު އެޅުމުގެ މަސައްކަތް ފެށްޓެވުމަކީ ވެސް އެމަނިކުފާނު ވައުދުވެޑައިގެންފައިވާ ކަމެކެވެ.

އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ނެތުމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ގެންދަނީ ވަރަށް ގިނަ ދަތިއުނދަގޫތައް ތަހައްމަލު ކުރަމުންނެވެ. އަދި އެކަމުގެ ޝަކުވާތައް އެ ސްކޫލުގެ ބެލެނިވެރިން ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އުފުލަމުންގެންދާތާ ވަނީ އެތައް އަހަރުތަކެއް ވަނީ ވެފައެވެ.

އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތެއް ބިނާކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

އަރަބިއްޔާ ސްކޫލު އިމްރާތުގައި ރެނދުލައި ބޮލަށް ވެއްޓެން ކައިރިވުމުން ދަރިވަރުން ބަދަލުކުރީ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމުން އެ ދަރިވަރުން ވަނީ ދަރުމަވަންތަ ސްކޫލް ހިންގި އިމާރާތައް ބަދަލުކޮށްފަ އެވެ. ދަރުމަވަންތަ ސްކޫލުގެ ބާ އިމާރާތުގައި ކިޔެވި ދަރިވަރުން މިހާރު ވަނީ އަލަށް އިމާރާތް ކުރި ތަނަށް ބަދަލުކޮށްފަ އެވެ.

ބާޖަމާލުއްދީން ބިމުގައި އަރަބިއްޔާ ސުކޫލުގެ އައު އިމާރާތް ކުރަން ނިންމާ ކުންފުންޏަކާ ވެސް މިދިޔަ ސަރުކާރުން ހަވާލުކުރި އެވެ. ނަމަވެސް ކޮންޓްރެކްޓްގެ މުއްދަތު ހަމަވެގެން ދިޔައީ ބިން ސާފު ކުރުން ފިޔަވާ އެއްވެސް މަސައްކަތެއް ނުފެށި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.