ބެލެނިވެރިން ނުކުމެ ކުނަހަންދޫ ސުކޫލް ތަޅުލައިފި

ކުނަހަންދޫ ކައުންސެލަރު އައިމިނަތު ރަޝީދާ "މި" ނޫހަށް ވިދާޅުވީ މިއަދު ހެނދުނުން ފަށައިގެން ސުކޫލުގެ ވަރަށް ގިނަ ބެލެނިވެރިން ސުކޫލް ދޮށަށް ޖަމާވެ، ސުކޫލް ބަންދުކޮށްފައިވާ ކަމަށެވެ.

މިއަދު ހެނުދނު ބެލެނިވެރިން ނުކުމު ލ. ކުނަހަންދޫ ސުކޫލްގައި ތަޅު އަޅުވައިފައ -- ފޮޓޯ: ކިޔުންތެރިއެއް

ލ ކުނަހަންދޫ ސްކޫލް ބެލެނިވެރިން ނުކުމެ މިއަދު އެ ރަށު ސުކޫލް ބަންދުކޮށް ތަޅުލައިފި އެވެ.

"މި" ނޫހާ ވާހަކަ ދައްކަމުން އެ ރަށު ސުކޫލްގެ ބެލެނިވެރިއަކު ބުނީ އެގޮތަށް ކަންތައް ކުރަން ޖެހުނީ މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އެ ސުކޫލަށް އެއްވެސް ކުރިއެރުމެއް ނުލިބި ދަރިވަރުންގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުން ދާތީ އެކަމާ ކަންބޮޑު ވެގެން ކަމަށެވެ.

"ޑިމާންޑަކީ ޕްރިންސިޕަލް އާއި މެނޭޖެމެންޓާ ހުރިހާ ލީޑިން ޓީޗަރުން ބަދަލު ކުރުން. ބަދަލު ނުކޮށް މިކަމެއް ހައްލެއް ނުވާނެ. މިދިޔަ ހަތަރު އަހަރު މި ދިޔައީ ހަމަ މި ބޭފުޅުން ތިބެގެން ނޫންތޯ. އެދުވަސްތަކުގެ ތެރޭގައި ސުކޫލްގެ ކިޔެވުން ދުހަކަށްވުރެ ދުވަހެއް ދަށްވަމުން ދަނީ. ސުކޫލަށް އެއްވެސް ކުރިއެރުމެއް ނުލިބި،" އެ ބެލެނިވެރިޔާ ބުންޏެވެ. 

ކުނަހަންދޫ ސުކޫލްގެ ބެލެނިވެރީން އިހުތިޖާޖު ކުރަނީ -- ފޮޓޯ: ކިޔުންތެރިއެއް

އޭނާ ބުނީ ގްރޭޑް 10 ނިންމާފައި ނުކުންނަ އެއްވެސް ކުއްޖަކު ތިން މާއްދާއަށް ވުރެ މަތިން ފާސް ނުވާ ކަމަށާއި ޕްރިންސިޕަލް ގިނަ ވަގުތު އުޅުއްވަނީ ސުކޫލުން ބޭރުގައި ކަމަށެވެ. 

"ގްރޭޑް ދިހައެއް ނިންމާފައި ނުކުންނައިރު އެއްވެސް ކުއްޖަކު ތިން މާއްދާއަށް ވުރެ ގިނައަކުން ފާހެއް ނުވޭ. ދެން ޕްރިންސިޕަލް މި ވިދާޅުވަނީ ކުނަހަންދޫ ސުކޫލްގައި ނުޖެހޭނޭ ކޮންމެހެން މައްޗަށް ކިވައިދީފަ ޖީސީގައި ފާސް ކުރާކަށް. ބިޒްނަސް ޓީޗަރު އަދިވެސް ނާދޭ... ފުރަތަމަ ޓާމް ނިމެން ދެން ބާކީ އޮތީ މަހެއް،" އޭނާ ބުންޏެވެ. 

ކުނަހަންދޫ ކައުންސިލްގެ ކައުންސިލަރެއް ކަމަށްވާ އައިމިނަތު ރަޝީދާ ވިދާޅުވީ މިއަދު ހެނދުނުން ފަށައިގެން ސްކޫލުގެ ވަރަށް ގިނަ ބެލެނިވެރިން ސުކޫލް ދޮށަށް ޖަމާވެ، ރަށު ސުކޫލް ބަންދު ކޮށްފައިވާ ކަމަށެވެ.   

"އެއީ ޕްރިންސިޕަލް ބަދަލު ކުރުމަށް ގޮވާލާ ކުރަމުން ގެންދާ އިހުތިޖާޖެއް، ރަށު ސުކޫލްގެ ޓީޗަރެއްގެ އެއްވެސް ދަރިއަކު މި ރަށު ސުކޫލްގައި ނުތިބޭނެ. މާލޭގަ ނުވަތަ ގަމުގައި ތިބެނީ. އެހެންވެގެން އެމީހުން މާ ރަނގަޅަށް ކިޔަވައި ދޭކަށް ނޫޅޭ. ޕްރިންސިޕލަކަށް ހުންނަނީ މި އަތޮޅު ހިތަދޫ ބޭފުޅެއް. ސޮއި ކޮށްލައްވާފައި ގޮސް ހިތަދޫގަ ހުންނަވަނީ،" އައިމިނަތު ވިދާޅުވި އެވެ.

ކުނަހަންދޫ ސުކޫލަކީ ގްރޭޑް 10 އަކާ ހަމައަށް ކިޔަވައިދޭ ސުކޫލެކެވެ. އެ ސުކޫލުގައި މިހާރު ކިޔަވަނީ 145 ދަރިވަރުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.