ޑިމޮކްރެޓްސްގެ ޓިކެޓް ސައިފަށް

މާލޭ ސިޓީ މޭޔަރު އިންތިހާބު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނީ ސައިފު ކަމަށް ވަނީ ކަނޑައަޅާފައިވެއެވެ.

މާލޭ ސިޓީ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި މުހްއްމަދު ސައިފް ފާތިހް

ކުރިއަށް އޮތް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ހޮވުމުގެ ބައި-އިލެކްޝަން ގައި ދަ ޑިމޮކްރެޓްސް އިން ވާދަ ކުރާނެ ކެންޑިޑޭޓް ކަނޑައަޅައިފި އެވެ.

ޑިމޮކްރެޓްސް އިން ބުނީ މާލެ ސިޓީ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ޕްރައިމަރީއަށް ކުރިމަތިލުމަށް ނޮވެމްބަރު ފަސްވަނަ ދުވަހު އިއުލާނު ކޮށްފައިވާ މުއްދަތުގައި އެ މަގާމަށް ވާދަކުރުމަށް ހުށަހަޅާފައިވަނީ އެންމެ ބޭފުޅެއް ކަމަށެވެ.

އެއީ މިހާރު ވެސް މާލޭ ސިޓީ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުންނެވި މުހްއްމަދު ސައިފް ފާތިހް އެވެ.

އެހެން ކަމުން ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން މާލޭ ސިޓީ މޭޔަރު އިންތިހާބު ކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްގެ ބައި-އިލެކްޝަނަށް ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރާނީ ސައިފު ކަމަށް ކަނޑައަޅާފައިވާ ކަމަށް ބުންޏެވެ.

މާލޭ ސިޓީގެ މޭޔަރު ކަމުގެ މަގާމު ހުސް ވަނީ އެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ރާއްޖޭގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންފައި ވުމުންނެވެ. ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު އެ މަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ދިވެހިރާއްޖޭގެ އަށް ވަނަ ރައީސުލްޖުމްހޫރިއްޔާއަށް ވެވަޑައިގަތުމާއެކު މާލޭ މޭޔަރުގެ ގޮނޑި ވަނީ ހުސް ވެފައެވެ.

މާލޭގެ މޭޔަރު ކަމަށް މިހާތަނަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނީ ނިމިގެންދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރު ކަން ކުރެއްވި އަދި ކުރީން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަން ކުރެއްވި އަހްމަދު މަހްލޫފާއި ކުރީގެ ބަންޑާރަ ނާއިބު އައިޝަތު އާޒިމާ ޝަކޫރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދެވެ. މަހުލޫފް ނިކުންނަވާނީ އެމްޑީޕީން ނެވެ.

އާޒިމާއާ ހުސައިން ޖެހިވަޑައިގަންނަވާނީ ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީ ގައި ވާދަކުރައްވާ ކުރި ހޯއްދަވާށެވެ. ރައީސް މުއިއްޒުގެ ތާއީދު އޮތީ އާޒިމާ އަށެވެ.

ބެލެވޭ ގޮތުގައި މާލޭ މޭޔަރުގެ ބައި އިލެކްޝަން ވެގެން ދާނީ ޕީއެންސީ / ޕީޕއެމާއި އެމްޑީޕީ އަދި ޑިމޮކްރެޓުންގެ ވާދައަކަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.