ފޮނަދޫގެ ހުރިހައި ކައުންސިލަރުންނާއި އިތުރު ބަޔަކު ޕީއެންސީއަށް ސޮއިކޮށްފި

ޕީއެންސީއަށް ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ލ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް އާއި ފޮނަދޫ ކައުންސިލްގެ ރައީސް އަޙްމަދު ރިޔާޟް ވެސް ހިމެނެ އެވެ.

ލ. ފޮނަދޫގެ ހުރިހާ ކައުންސިލަރުންނާއި އިތުރު ބޭފުޅުން ޕީއެންސީއަށް ރޭ ސޮއި ކުރައްވައިފި އެވެ.

ޕީއެންސީއަށް ސޮއި ކުރެއްވި ބޭފުޅުންނަކީ ފޮނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ޕީޕީއެމް/ޕީއެންސީގެ ސްޓިއަރިން ކޮމިޓީގެ ހުރިހައި މެންބަރުންނެވެ.

ދިމްޔާތުގައި ބޭއްވި ރަސްމިއްޔާތުގައި އެ ބޭފުޅުންގެ ފޯމްތަކާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރައީސް / ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ޕީއެންސީގެ އުފެއްދި އެޕާޓީގެ މުއައްސިސު އަދި ޕާޓީގެ ޗެއާޕާސަން އަކީ ފޮނަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ އަބްދުއްރަހީމް އަބްދުﷲ އެވެ. 

ޕީއެންސީއަށް ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ލ. އަތޮޅު ކައުންސިލްގެ ނައިބު ރައީސާއި ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް ވެސް ހިމެނެ އެވެ.  

ރޭގެ ރަސްމިއްޔާތުގައި ފޮނަދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލާއި މާލީ ވަޒީރު މުޙައްމަދު ޝަފީގް ވެސް ބައިވެރިވެ ވަޑައިގަތެވެ. ޕީއެސްސީން ވަނީ އެ ޕާޓީއާ ގުޅުނު ބޭފުޅުންނަށް މަރުހަބާ ކިޔާފަ އެވެ.  

ރައީސް މުއިއްޒުގެ އަމާޒަކީ ކުރިޔަށް މި އޮތް ތިން މަސް ދުވަހުގެ ތެރޭގައި ޕީއެންސީ އަށް 10،000 މެމްބަރުން އިތުރުކުރެއްވުމެވެ. ޕީޕީއެމް އިން މެންބަރުން ވަކި ނުކޮށް އެ އަދަދު އިތުރު ކޮށްދޭން އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.

އީސީގެ ދަފްތަރުގައިވާ ގޮތުން މި އަހަރުގެ ފެބްރުއަރީ 21 ގެ ނިޔަލަށް ޕީއެންސީގައި ތިބީ ގާތްގަނޑަކަށް 3159 މެންބަރުންނެވެ. ނަމަވެސް އެ ޕާޓީއަށް މެންބަރުން ހަމަކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތުގެ ސަބަބުން އެ އަދަދު މިހާރު އިތުރު ވާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.