އަފީފު އުނިކޮށް، މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ މެމްބަރުން ކަނޑައަޅައިފި

މީގެ ކުރިން ރިޔާސަތު ބަލަހައްޓާ މެންބަރުންގެ ލިސްޓުގެ އެއް ވަނައިގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި ދެ ވަނައިގައި އިންނެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ މި ލިސްޓުން އުނިކޮށްފަ އެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު: ރިޔާސަތު ބަލަހައްޓާ މެމްބަރުންގެ ލިސްޓުން ވަނީ އުނިކޮށްފައި -- މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބް ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ރިޔާސަތު ބަލަހައްޓާނެ މެމްބަރުން ކަނޑައަޅައި ނަންތައް އިއުލާނުކޮށްފި އެވެ.

މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި އޮންނަ ގޮތުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް ރިޔާސަތު ބަލަހައްޓަން ނުކުޅެދިއްޖެ ހާލަތެއްގައި ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅަން ޖެހެނީ މަޖިލީހުގެ ރައީސެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އާ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ނަންތައް ކަނޑައަޅުއްވާފައި ވަނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން މެދުކެނޑުމެއް ނެތި އެންމެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ މެމްބަރުންގެ ތަރުތީބުން ކަމަށެވެ.

  • 1.މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު - މެދުކެނޑުމެއްނެތި 18 އަހަރާއި އަށް މަސް ދުވަސް
  • 2.މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް - މެދުކެނޑުމެއްނެތި 14 އަހަރާއި ފަސް މަސް ދުވަސް
  • 3.އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް - މެދުކެނޑުމެއްނެތި 14 އަހަރާއި ފަސް މަސް ދުވަސް
  • 4.ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ - މެދުކެނޑުމެއްނެތި 14 އަހަރާއި ފަސް މަސް ދުވަސް
  • 5.ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު - މެދުކެނޑުމެއްނެތި 14 އަހަރާއި ފަސް މަސް ދުވަސް

"މި އިއްޒަތްތެރި މެންބަރުންގެ ތަރުތީބު ކަނޑައަޅާފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ (ހ) އާއި (ނ) ގައިވާ ގޮތުގެމަތިން އެ މެންބަރުންގެ މެންބަރުކަމުގެ މުއްދަތަށް އިސްކަންދީގެން، އަދި އެ މެންބަރަކު މުއްދަތު ހަމަހަމަވެފައިވާ ހިނދު ތަރުތީބުކޮށްފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 43 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އެ އިއްޒަތްތެރި މެންބަރުންގެ އުމުރުގެ ދޮށި ކަމަށް އިސްކަންދެވިގެން" އަސްލަމް ވިދާޅުވި އެވެ.

މީގެ ކުރިން ރިޔާސަތު ބަލަހައްޓާ މެންބަރުންގެ ލިސްޓުގެ އެއް ވަނައިގައި އިންނެވި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި ދެ ވަނައިގައި އިންނެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވަނީ މި ލިސްޓުން އުނިކޮށްފަ އެވެ.

ރިޔާސަތު ބަލަހައްޓަވާ މެމްބަރުންގެ ލިސްޓުން އަފީފް އުނިކުރައްވާފައިވާއިރު، މީގެ ކުރިން ރިޔާސަތުގައި އިންނަވައިގެން އަފީފު އަމަލުކުރެއްވި ގޮތާމެދު އެމްޑީޕީ މެމްބަރުން ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ދާދި ފަހުން މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލުން ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.