ޓޫރިޒަމަށް ހާއްސަ ކައުންސިލެއް އުފައްދައިފި

ފިރުޒުލް މިއަދު ވިދާޅުވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މި ކައުންސިލްގެ އިތުރުން ކުރިން ވެސް އޮތް ސޯޝަލް ކައުންސިލް އަދި އިކޮނޮމިކް ކައުންސިލް އުފައްދަން ނިންމާފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީސް ހުވާ ކުރައްވަނީ: ތިން ކައުންސިލެއް ވަނީ އުފައްދާފައި --

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުމުގެ ގޮތުން ހާއްސަ ކައުންސިލެއް އުފައްދައިފި އެވެ.

މި ކައުންސިލް އުފައްދަން ނިންމީ، އާ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން މިއަދު ބޭއްވި ރަސްމީ ފުރަތަމަ ބައްދަލުވުމުގަ އެވެ. "ވިޒިޓާ އިކޮނޮމީ ކައުންސިލް" ގެ ނަމުގައި އަލަށް އުފެއްދި މި ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް އޮފީހުގެ އަންޑާ ސެކްރެޓްރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވީ މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މި ކައުންސިލްގެ އިތުރުން ކުރިން ވެސް އޮތް ސޯޝަލް ކައުންސިލް އަދި އިކޮނޮމިކް ކައުންސިލް އުފައްދަން ނިންމާފައިވާ ކަމަށެވެ.

  • 1.ވިޒިޓާ އިކޮނޮމީ ކައުންސިލް - ރައީސް ޑރ. މުހައްމަދު މުއިއްޒު (ރިޔާސަތު)
  • 2.ސޯޝަލް ކައުންސިލް - ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް (ރިޔާސަތު)
  • 3.އިކޮނޮމިކް ކައުންސިލް - އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު (ރިޔާސަތު)

ފިރުޒުލް ވިދާޅުވީ އަލަށް އުފެއްދި ވިޒިޓާ އިކޮނޮމީ ކައުންސިލް މަސައްކަތް ކުރާނީ މިހާރު ފަތުރުވެރިކަމުގެ ދާއިރާގެ މެންޑޭޓުގައި ހިމެނޭ ކަންކަން އިތުރަށް ފުޅާ ކުރުމަށް ކަމަށެވެ. އެގޮތުން، ރާއްޖެ އަކީ ހަމައެކަނި ޗުއްޓީ ހޭދަކުރަން އަންނަ މަންޒިލެއްގެ ބަދަލުގައި، އެހެނިހެން ބޭނުންތަނަށް ރާއްޖެއަށް ފަތުރުވެރިން ގެނައުމުނެ މަސައްކަތް ރައީސް ޑރ. މުއިއްޒުގެ ހިންގެވުމާއެކު ކުރިއަށްދާނެ ކަމަށެވެ.

"މިއަދު ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަތުރުވެރިކަން ހަމައެކަނި ބިނާވެފަ އޮތީ ލެއިޝާ ފަތުރުވެރިކަމުގެ މައްޗަށް. މީގެ އިތުރުން ސިއްހަތާ ބެހޭ ފަތުރުވެރިކަން، ތައުލީމާ ބެހޭ ފަތުރުވެރިކަން، ދަތުރުފަތުރުގެ ފަތުރުވެރިކަން، މިހެން ގޮސް އެކި ބާވަތްތަކުގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރަން މި ކައުންސިލުން މަސައްކަތްތަކެއް ކުރަމުންދާނެ،" ކައުންސިލްގެ މަސައްކަތްތައް ތިލަ ކޮށްދެއްވުމުގެ ގޮތުން ފިރުޒުލް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.