އެއްބަސްވުންތަކުގައި ހުރި ސިޔާދަތަކަށް އުނިކަން ލިބޭ މާއްދާތައް ހާމަކުރާނެ

ދިރާސާ ކުރުމަށްފަހު މުޅި އެއްބަސްވުން ހާމަނުކޮށް، ހަމައެކަނި ހާމަކުރާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ގޮތަށް ހިމަނާފައިވާ މާއްދާތައް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު: ސިޔާދަތަށް އުނިކަން އަންނަ ގޮތަށް އެއްބަސްވުންތަކުގައި ހިމަނާފައިވާ ކަންކަން ހާމަކުރާނެ --

ދޭދޭ ގައުމުތަކާއެކު ނިމިދިޔަ ސަރުކާރުން ވެފައިވާ ހާރިޖީ ގުޅުންތަކާ ބެހޭ އެއްބަސްވުންތަކުގައި ހުރި ރާއްޖޭގެ ސިޔާދަތަށް އުނިކަން އަންނަ ނުކުތާތައް ނުވަތަ މާއްދާތައް ކުރިއަށް އޮތް ތަނުގައި ހާމަކުރާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ އަންޑާ ސެކްރެޓްރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް މިއަދު ހާމަކުރެއްވި ގޮތުގައި، ނިމިދިޔަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއާއެކު ހާރިޖީ ގުޅުމާ ބެހޭ 100 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ. އެއީ މަޝްރޫއުތައް ހިންގުމަށް ވެފައިވާ އެއްބަސްވުންތައް ނުލަ އެވެ.

ރައީސް ސޯލިހުގެ ސަރުކާރުން އިންޑިއާއާއެކު ސިއްރު އެއްބަސްވުންތަކެއް ހަދައި، އިންޑިއާގެ އަޅުވެތި ކަމަށް ރާއްޖެ ގެންގޮސްފައިވާ ކަމަށް އޭރު އިދިކޮޅުގައި ތިބި މި ސަރުކާރުގެ ވެރިން ބުނަމުން ދިޔަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ތެރޭގައި ވިދާޅުވަމުން ގެންދެވި އެއް ވާހަކައަކީ މި އެއްބަސްވުންތައް ހާމަކުރައްވާނެ ކަމެވެ.

އޭގެ ތެރޭގައި އިޓްލޮސް މައްސަލައިގެ ތެރެއިން ރައީސް ސޯލިހު މޮރިޝަސް އަށް ފޮނުއްވި ސިޓީއާއި، އުތުރުތިލަފަޅު އެއްބަސްވުންފަދަ އެއްބަސްވުންތައް ހިމެނެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ ދެން ކުރިއަށް ދާނީ މި އެއްބަސްވުންތައް ދިރާސާ ކުރުން ކަމަށެވެ. ދިރާސާ ކުރުމަށްފަހު މުޅި އެއްބަސްވުން ހާމަނުކޮށް، ހަމައެކަނި ހާމަކުރާނީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަންނަ ގޮތަށް ހިމަނާފައިވާ މާއްދާތައް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"މިސާލަކަށް އެއްބަސްވުންތަކުގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ހުރި މާއްދާތައް ހާމަކުރާނެ. އެހެންނަމަވެސް މީގެ ތެރޭގަ ހުންނާނެ އަސްކަރީ އެކިއެކި ޓެކްނޮކަލް ޑީޓެއިލްތަކާ ގުޅޭ ކަންތައްތައް. އެއީ އޭގެ ޒާތުގަ ގައުމީ ސަލާމަތާ ގުޅިގެންދާނެ ކަންތައްތައް،" ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް މިއަދު ވަނީ ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިންގެ އަދަދު ވެސް ހާމަކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި 77 އިންޑިއާ ސިފައިން އެބަ ތިއްބެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.