ސަރުކާރުން ބުނެފި: އިންޑިއާގެ 77 ސިފައިން، 100 އަށްވުރެ ގިނަ އެއްބަސްވުން

"މި މަސައްކަތްތަކުން ދިވެހި ރައްޔިތުންނަށް ފައިދާތަކެއް ވެފަވޭ. އެހެންނަމަވެސް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫން އެއްވެސް ގައުމެއްގެ ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ،" ފިރުޒުލް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖުނަތު ސިންގު: 77 އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި

ރާއްޖޭގައި އިންޑިއާ ސިފައިންގެ ޖުމްލަ 77 ސިފައިންގެ މީހަކު ގާއިމްވެ އެބަ ތިބި ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ އަންޑާ ސެކްރެޓްރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވީ މިހާރު އެއްކުރެވުނު މައުލޫމާތަށް ބަލާއިރު އެކި މަސައްކަތްތައް ކުރުމަށް ޖުމްލަ 77 އިންޑިއާ ސިފައިން ގާއިމްވެ އެބަ ތިބި ކަމަށެވެ.

އެއީ؛

  •  އެއް ހެލިކޮޕްޓަރު ބަލަހައްޓަން 24 ސިފައިން
  •  ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން 26 ސިފައިން
  •  ޑޯނިއާ މަތިންދާބޯޓް ދުއްވުން 25 ސިފައިން
  •  މެއިންޓެނެންސް އަދި އިންޖީނިއަރިން މަސައްކަތްތަށް 2 ސިފައިން

ފިރުޒުލް ވަނީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި އިންޑިއާ ސިފައިން ކޮށްފައިވާ ކަންކަމުގެ ތަފްސީލެއް ވެސް ދެއްވާފަ އެވެ. އެގޮތުން، މެޑިކަލް އިވެކުއޭޝަންގެ ގޮތުގައި 661 އިވެކުއޭޝަނާއި، ސާވަލަންސްގެ 220 މަސައްކަތުގެ އިތުރުން އޮޕަރޭޝަން ސާޗް މިޝަންގެ 100 މިޝަން ފުރިހަމަ ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ޑިފެންސާ ގުޅޭ ތަމްރީނުތައް ހިންގުމާއި އެއާ ކްރޫ ޓްރާންސްފާ އަދި ވީއައިޕީގެ އެކި މަސައްކަތްތައް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ އަންޑާ ސެކްރެޓްރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް

"މި މަސައްކަތްތަކުން ދިވެހި ރައްޔިތުންނަށް ފައިދާތަކެއް ވެފައިވޭ. އެހެން ނަމަވެސް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބޭނުންވާ ކަމެއް ނޫން އެއްވެސް ގައުމެއްގެ ބޭރުގެ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބުމަކީ،" ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ދެން ހާމަ ކުރެއްވީ އިންޑިއާއާއެކު ނިމިދިޔަ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކުގެ ނަންބަރުތަކެވެ. އެގޮތުން ހާރިޖީ ގުޅުމާ ބެހޭ އެއްބަސްވުންތަކުގެ ތެރޭގައި 100 އަށްވުރެ ގިނަ އެއްބަސްވުން ހަދާފައިވާ ކަމަށް ވިދާޅުވި އެވެ.

"މި އަދަދުގެ ތެރޭގައި އަޅުގަނޑު މި ފާހަގަ ކުރަނީ ޕްރޮޖެކްޓްތައް ހިންގުމަށް ވެވިފަހުރި އެއްބަސްވުންތައް ނުހިމަނާ 100 އަށްވުރެ ގިނަ އެއްބަސްވުންތައް އިންޑިއާއާއެކު ވެވިފަވޭ ވޭތުވެ ދިޔަ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި،" ފިރުޒުލް ވިދާޅުވި އެވެ.

ރާއްޖޭގައި ގާއިމްވެ ތިވި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލައި، އިންޑިއާއާއެކު ހަދާފައިވާ ސިއްރު އެއްބަސްވުންތައް ހާމަކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން މިހާރު ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލަން ރަސްމީކޮށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ.

އިންޑިއާ ސިފައިން ރާއްޖެ އަކީ 2009 ވަނަ އަހަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ފިރުޒުލް ވިދާޅުވެފައި ވަނީ 77 އަކީ މިއަދާ ހަމައަށް ރާއްޖޭގައި ތިބި އަދަދު ކަމަށެވެ. އެމީހުން ރާއްޖޭގައި ތިބީ ހަތިޔާރު އަޅައިގެންތޯ ނުވަތަ ނޫންތޯ އެއީ ދެއްކުން މުހިންމު ވާހަކައެއް ނޫން ކަމަށެވެ.

ކޮމެންޓް

1
450
ޔޫނާ
9 months ago

އެމީހުން ފޮނުވާލީމަ ދެން ކިހިނެތް ހެލިކޮޕިޓަރ ދުއްވަނީ ؟؟ ނެތެއްނު ތިކަން ވާކަށް

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.