"އަޅުގަނޑަކަށް އެއްވެސް ފަރާތަކުން އަދި އެފަދަ ހުށައެޅުމެއް ނާދޭ. އެހެންވީމަ ވަރަށް އަވަހަށް އިސްތިއުފާ ދެއްވާ ވާހަކަ އަކީ އަދި އަޅުގަނޑު ނިންމާފައި އޮތް ނިންމުމެއް ނޫން،" ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، އެ މަގާމުން އިސްތިއުފާ ދެއްވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ފުއާދު ވާހަކަ ދައްކަވައިފި އެވެ.
"މި" ނޫހާ ވާހަކަ ދައްކަވަމުން ފުއާދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުންނާއި މެންބަރު ކަމުން އިސްތިއުފާ ދެއްވަން ނިންމަވާފައި އަދި ނުވާ ކަމަށެވެ. ނަމަވެސް ކޮމިޝަން ގައި މިހާރު މާހައުލު އޮތް ގޮތުން ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް އިތުރު ފުރުސަތެއް ލިބިއްޖެނަމަ / އެއީ ރަނގަޅު ފުރުސަތެއް ނަމަ ގަބޫލު ކުރައްވާނެ ކަމަށެވެ.
ފުއާދު ތަކުރާރު ކޮށް ވިދާޅުވީ އައު ސަރުކާރުން އޭނާއަށް މަގާމެއް ދެއްވަން ނިންމަވާފައިވާ ކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. އެފަދަ އެއްވެސް މަޝްވަރާ އަދި ނުހިނގާ ކަމަށް ވެސް ވިދާޅުވި އެވެ.
ބައެއް ނޫސްތަކުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުން ފުއާދު އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ކަމަށް ބުނެ ރިޕޯޓް ކޮށްފައެވެ. މަގާމުން އިސްތިއުފާ ދެއްވަނީ އެމްބަސީ އެއްގެ މަގާމަކަށް ވަޑައިގަތުމަށް ކަމަށް ވެސް ބުނެފައިވެއެވެ.
ފުއާދަކީ ކުރީން ފޮރިން މިނިސްޓްރީ ގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ސާކްގެ ސެކްރެޓޭރިއެޓް ގައި ވެސް މަސައްކަތް ކުރެއްވި އެވެ.
ސަރުކާރުން ހުށައެޅުމެއް ލިބިއްޖެނަމަ އެކަމާ ވިސްނާ ވަޑައިގަންނަވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ. އަދި ހާރިޖީ ދާއިރާ ގައި ކުރީން ވެސް މަަސައްކަތް ކުރައްވާފައިވާތީ އެ ދާއިރާ އިން ހިދުމަތް ކުރެއްވުމުގެ ޝައުގުވެރިކަން އަދިވެސް އެބަ ހުރި ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް އަޅުގަނޑަކަށް އެއްވެސް ފަރާތަކުން އަދި އެފަދަ ހުށައެޅުމެއް ނާދޭ. އެހެންވީމަ ވަރަށް އަވަހަށް އިސްތިއުފާ ދެއްވާ ވާހަކަ އަކީ އަދި އަޅުގަނޑު ނިންމާފައި އޮތް ނިންމުމެއް ނޫން،" ފުއާދު ވިދާޅުވި އެވެ.
ފުއާދަކީ އޭނާގެ ތެދުވެރިކަމާއި / ނަޒާހަތްތެރި ކަމުގެ ސަބަބުން ދިވެހީން މެދުގައި ވަރަށް ބޮޑު އިހްތިރާމަކާއި ގަދަރެއް އޮތް ބޭފުޅެކެވެ. އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަން މީގެ ކުރީން ވެސް ފުއާދު ކުރައްވާފައި ވެއެވެ. އޭނާ އަކީ ގައުމީ ހިދުމަތްތެރި އެއްވެސް މެއެވެ.
ސަރުކާރުގެ މަގާމެއްލިބޭ އިރަށް އިލެކްޝަން ގެ ރައީސްކަން ދޫކޮއްލޫން އެއި މޮޔަކަމެއް ބޭބޭ.