އަދީބު ބޭރަށް ފުރާ ވަޑައިގެންފި

މީގެ ކުރީން އަދީބު ވަނީ ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެންފައެވެ. އެނގިފައިވާ ގޮތުގައި ފަރުވާގެ ފަހު ބައި ފުރިހަަމަ ކުރެއްވުމަށް މި މަހު އޮތީ އަލުން ވަޑައިގަންނަވާ ގޮތަށެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު --

ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ރާއްޖެ އިން ބޭރަށް ވަޑައިގެންފި އެވެ. 

އެމަނިކުފާނު ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއް ގައެވެ. ނަމަވެސް އެ ދަތުރާއި ގުޅޭ ތަފްސީލެއް ނުލިބެ އެވެ. އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އިން ވަނީ އަދީބު ބޭރަށް ވަޑައިގެންނެވި ކަން ޔަގީން ކޮށް ދެއްވާފައެވެ. އެކަމުގެ ތަފްސީލް ފަހުން ހާމަ ކުރާނެ ކަަމަށް ވެސް ބުންޏެވެ.

އަދީބު ރާއްޖެ އިން ބޭރަށް ވަޑައިގެންފައި މިވަނީ އެމަނިކުފާނުގެ މައްޗަށް އޮތް ޖަލު ހުކުމްގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަތަރު ދުވަހަށް ކުރުކޮށް ދެއްވުމުން އެ މުއްދަތު ހަމަވެ މިނިވަަންވެވަޑައިގެންފައި ވަނިކޮށެވެ. މިއީ މިދިޔަ އަށް އަހަރު ދުވަހުގެ ތެރޭގައި މިނިވަނެއްގެ ގޮތުގައި އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

މީގެ ކުރީން އަދީބު ވަނީ ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގެންފައެވެ. އެނގިފައިވާ ގޮތުގައި ފަރުވާގެ ފަހު ބައި ފުރިހަަމަ ކުރެއްވުމަށް މި މަހު އޮތީ އަލުން ވަޑައިގަންނަވާ ގޮތަށެވެ. ނަމަވެސް ރޭ ފެއްޓެވި ދަތުރުފުޅަކީ ބޭސް ފަރުވާ ފުރިހަމަ ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަން ކަށަވަރެއް ނުވެ އެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާއެއް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެއީ އޮކްޓޫބަރު 5، 2020 ގައެވެ. އަދީބު މިނިވަންވެވަޑައިގަތީ ޖަލުގައި ހުންނަވާތާ އަށް އަހަރު ފަހުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.