މުވައްޒިފުންނަށް ފަސޭހައިން މަަސައްކަތް ކުރެވޭނެ ވަގުތުތައް ކަނޑައަޅާން ވާނީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތީން އެ މުވައްޒިފެއްހެ މަސައްކަތުގެ ވަގުތު ދެބައިކުޅަ އެއްބަޔަކަށް ވުރެ ކުރު ނުވާނެ ގޮތެއް މަތީން ކަމަށް ވެސް ބުންޏެވެ.
ސިވިލްސާވިސް މުވައްޒިފުންގެ ތެރެއިން ޅަދަރިމައިވުމުގެ ސަބަބުން ކަނޑައަޅާފައިވާ ގަޑިތަަކަށް އޮފީހަށް ނިކުމެ އުޅުމުގައި ދަތިވާ މުވައްޒިފުންނަށް ފަސޭހަކޮށް މަސައްކަތް ކުރެވޭނެ އުސޫލުގެ ދަށުން ލުއި ދެވޭނެ ގޮތްތަކެއް ކަނޑައަޅައިފި އެވެ.
ސީއެސްސީ އިން ފޮނުވާފައިވާ ސާކިއުލާ އެއް ގައި ބުނެފައި ވަނީ ސިވިލްސާވިސް މުވައްޒިފުންގެ ތެރެއިން ޅަދަރިމައިވުމުގެ ސަބަބުން ކަނޑައަޅާފައިވާ ގަޑިތަަކަށް އޮފީހަށް ނިކުމެ އުޅުމުގައި ދަތިވާ މުވައްޒިފުންނަށް ފަސޭހަކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމު ގައި ސިވިލް ސާވިސް އިދާރާތަކުގެ މެދުގައި ހަމަހަމަ އުސޫލަކުން އަމަލު ކުުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެ ގޮތުން ސިވިލްސާވިސް މުވައްޒިފުންގެ ތެރެއިން ޅަދަރިމައިވުމުގެ ސަބަބުން ކަނޑައަޅާފައިވާ ގަޑިތަަކަށް އޮފީހަށް ނިކުމެ އުޅުމުގައި ދަތިވާ މުވައްޒިފުންނަށް ފަސޭހަކޮށް މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭނެ އެންމެ ދިގު މުއްދަތަކީ ދަރިފުޅަށް ދެ އަހަރު ފުރުމާ ހަމައަށް ކަމަށެވެ.
މިފަދަ މުވައްޒިފުންނަށް ފަސޭހައިން މަަސައްކަތް ކުރެވޭނެ ވަގުތުތައް ކަނޑައަޅާން ވާނީ އިދާރާގެ މަސައްކަތަށް ދަތިނުވާނެ ގޮތުގެ މަތީން އެ މުވައްޒިފެއްހެ މަސައްކަތުގެ ވަގުތު ދެބައިކުޅަ އެއްބަޔަކަށް ވުރެ ކުރު ނުވާނެ ގޮތެއް މަތީން ކަމަށް ވެސް ބުންޏެވެ.
މި މުއްދަތު ގައި އެ މުވައްޒިފެއްގެ މުސާރައާ އިނާޔަތް އުނިކޮށްގެން ނުވާނެ ކަމަށް ވެސް ބުންޏެވެ.