އެ ކުންފުންޏަށް ޚާއްސަކޮށް ހާޑްވެއާތަކެއް ގޫގުލުން ތައާރުފުކުރަނީ އެވެ. އޮކްޓޯބަރު ހައެއްގައި އޮންނަ ހަފުލާގައި ތައާރުފުކުރާ ކަމަށް ބުނާ ހާޑްވެއާ ތަކަކީ ޕިކްސެލް 7، ޕިކްސެލް ސްމާޓް ގަޑި އަދި ޕިކްސެ ބަޑް އެވެ. މިއީ އެކަށީގެންވާ ކޮމިއުނިޓީއެއް އޮތް އުފެއްދުންތަކެކެވެ.
އޮކްޓޯބަރު ހައެއްގައި ގޫގުލް އިވެންޓެއް ބާއްވަނީ އެވެ. ގޫގުލުން މިހާރު އަވަދިނެތި އުޅެނީ ދައުވަތު ފޮނުވުމުގަ އެވެ. މިއީ ގޫގުލުން ކިއްކުރަން ބާއްވާ ހަފުލާއެއްކަން އެންމެންނަށް ވެސް އެނގެ އެވެ. އެއީ މި އަހަރު މޭގައި އޮތް ގޫގުލް އައިއޯ ސަމިޓްގައި އަލިއަޅުވާލި ފަދައިން ގޫގުލްގެ ހާޑްވެއާތައް އާންމު ކުރަން ބާއްވާ ހަފުލާ އެކެވެ.
ގޫގުލް ހާޑްވެއާ ކަމަށް ބަލަނީ ގޫގުލް ޕިކްސެލް ސްމާޓްފޯން -- މި ފަހަރު ޕިކްސެލް 7، ޕިކްސެލް ސްމާޓް ގަޑި އަދި ޕިކްސެލް ބަޑްސް ޕްރޮ އެވެ.
މި ހަފުލާ ގޫގުލުން ލައިވް ސްޓްރީމް ކުރާނެ އެވެ. އަދި ބްރޫކްލީންގައި މީހުން ވައްދައިގެން ވެސް ހަފުލާ ބާއްވާނެ އެވެ. މިއީ ކޮވިޑަށް ފަހު ގޫގުލުން މީހުން އެއްކޮށްގެން ހަފުލާއެއް ބާއްވާ ފުރަތަ ފަހަރެވެ.
ސްމާޓްފޯން މާކެޓްގައި ގޫގުލްގެ ޕިކްސެލް ފޯނުތަކަށް އެހާ ވަރެއް ނުހުރެ އެވެ. އެހެން ނަމަވެސް ޕިކްސެލް ފޯނުތަކަށް މަރުދޭ ސަޕޯޓަރުން ވެސް އުޅެ އެވެ. ޕިކްސެލް ފޯނެއް މާކެޓަށް ނެރޭއިރު އާންމު ހާލަތުގައި އެ ފޯނެއްގައި އަބަދު ވެސް ބަގުތަކެއް އުޅެ އެވެ. ފޯނު ނެރޭތާ ދުވަސްތަކެއް ފަހުން ސޮފްޓްވެއާ ސޮފްޓްވެއާ ޕެޗްތަކަކުން މައްސަލަތައް ކޮންމެވެސް ވަރަކަށް ހައްލުވި ނަމަވެސް، ކޮށިއަރާ ގޮތް ވެސް ދިމާވެ އެވެ.
އެޕަލް އަދި ސެމްސަންގު ސްމާޓްފޯނުތަކާ އަޅާ ބަލާއިރު ޕިކްސެލް ފޯނުތަކަށް މާކެޓުން އެހާ ބޮޑު ޖާގައެއް ނުލިބި އެވެ. ޕިކްސެލް ފޯނުތައް ބޭނުންކުރާ މީހުން ދެކޭ ގޮތުގައި ޕިކްސެލް ވަރެއް ނެތެވެ. އެ މީހުން އުންމިދުކުރި ވަރުގެ ފޯނަކީ އެއީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕިކްސެލް ގަޑިއަށް ކުރިއެރުންތަކެއް ދީފައިވެ އެވެ. ޕިކްސެލް ގަޑި ޑިޒައިން ކުރުމުގައި ގޫގުލުން މި ފަހަރު ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނެވެ އެވެ.
ގޫގުލުން ޕިކްސެލް ޓެބްލެޓެއް ނެރޭ ވާހަކަ ވެސް ދުވަސްކޮޅެއް ކުރިން ދެއްކި އެވެ އެހެން ނަމަވެސް މި ހަފުލާގައި އެ ޓެބްލެޓް ދައްކާލާނެ ކަމަކަށް ނުބެލެވެ އެވެ.