ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު އިނާޒް ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކޮށްފި އެވެ. ޕެންޝަން އޮފީހުގެ އެ މަގާމަށް އިނާޒް، ހަމަޖެއްސެވީ ކުރީން އެ މަގާމުގައި ހުންނެވި އާތިފާ އަލީގެ ބަދަލުގަ އެވެ. އާތިފާ އޭނާގެ ތިން އަހަރުގެ ދައުރު ނިންމާލެއްވީ އިއްޔެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު އިނާޒް ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކޮށްފި އެވެ.
ޕެންޝަން އޮފީހުގެ އެ މަގާމަށް އިނާޒް، ހަމަޖެއްސެވީ ކުރީން އެ މަގާމުގައި ހުންނެވި އާތިފާ އަލީގެ ބަދަލުގަ އެވެ. އާތިފާ އޭނާގެ ތިން އަހަރުގެ ދައުރު ނިންމާލެއްވީ އިއްޔެ އެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި ޖުމްލަ އަށް މެންބަރުން ހިމެނެ އެވެ. އެ އޮފީހުގެ ބޯޑަށް މި އަހަރު ވަނީ ދެ ބޭފުޅަކު އައްޔަން ކޮށްފަ އެވެ. ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރައްވާ މެންބަރުންގެ ގޮތުގައި ބޯޑަށް އައްޔަން ކުރެއްވި އެ ދެ ބޭފުޅުންނަކީ އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިން ޕާޓްނަރު އަބްދުލް މަޖީދު އަލީ އާއި މޯޓެޒާ ކެޕިޓަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޣާލީ މުރުތަލާ އެވެ.