މަހިބަދޫ މީހުންނަށް ގޯތިދޭން މާފަރުފަޅު ހިއްކަން ރައީސް ސޯލިހް މިއަދު ނިންމަވައިފި

މަހިބަދޫ ދެކުނު ފަރާތުގައި އޮތް މާފަރުފަޅު ހިއްކުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ދައުރުގެ މި ފަސް އަހަރު ރައީސް ސޯލިހް ވަނީ ތިން ފަހަރަށް މަހިބަދޫ އަށް ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް

އަރިއަތޮޅު ދެކުނުބުރި މަހިބަދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދުމަށްޓަކައި މަހިބަދޫ ކައިރީ ގައި އޮތް މާފަރުފަޅު ހިއްކައި މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި އެތަން ތަރައްގީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކަން ދެންމެ ވަނީ ހާމަކޮށްފައެވެ.

މާފަރުފަޅަކީ ވަރަށް ބޮޑު ފަޅެކެވެ. އާބާދީގައި 3،000 އެއްހާ މީހުން ދިރިއުޅޭ މަހިބަދޫގެ ތިން ހަތަރުގުނަ ބޮޑު ބިމެއް މާފަރުފަޅު ހިއްކައިގެން ނެގޭނެ އެވެ.

މަހިބަދޫ ދެކުނު ފަރާތުގައި އޮތް މާފަރުފަޅު ހިއްކުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ދައުރުގެ ފަސް އަހަރުގެ ތެރޭގައި ރައީސް ސޯލިހް ވަނީ ތިން ފަހަރަށް މަހިބަދޫ އަށް ވަޑައިގެންފައެވެ.

އެ ތިން ފަހަރު ވެސް ރައީސް ސޯލިހް ވަނީ މާފަރުފަޅު ހިއްކައި މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި އެތަން ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

ނަމަވެސް މާފަރުފަޅު ހިއްކައި މީހުން ދިރިއުޅޭ ތަނެއްގެ ގޮތުގައި އެތަން ތަރައްގީ ކުރައްވަން ރައީސް ސޯލިހް ކަނޑައެޅުއްވީ އެމަނިކުފާނުގެ ރިޔާސީ ދައުރު ހަމަވާން އެންމެ ދުވަހަކަށް ވެފައި ވަނިކޮށެވެ. ވެރިކަމުގެ އެންމެ ފަހު ދުވަސްތައް ގުނަމުންދާއިރު ރައީސް ގެންދަވަނީ ކުއްލި ކުއްލިއަށް ބޮޑެތި ނިންމެވުންތައް ނިންމަވަމުންނެވެ. ބައެއް ނިންމެވުންތަކަށް އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އެބަ އޮތެވެ.

ކޮމެންޓް

1
450
ޔޫނުސް
10 months ago

އަދި ތަންކޮޅެއް އަވަސް ދެއްތޯ. އަޅުގަނޑަށް ފެންނަނީ ނޮވެމްބަރ 16 ވަނަ ދުވަހު ތިވާހަކަ އިއުލާންކޮއްލަން.

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.