ހަމީދުގެ ހިދުމަތަށް ރައީސްގެ ހާއްސަ ޝުކުރު

ހަމީދު ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔާކުރައްވާފައި ވަނީ މިއަދު އެވެ. އެޔާ ގުޅިގެން އެކްސްގައި ރައީސް ހިއްސާކުރެއްވި ޕޯސްޓްގައި، ހަމީދު ހިދުމަތުގައި ހުންނަވައިގެން ކޮށްދެއްވި އާދަޔާ ހިލާފު މަސައްކަތަށް ވަނީ ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މިއަދު މަގާމުން ރިޓަޔާ ކުރެއްވި ކޮމިޝަނާ އޮޕް ޕޮލިސް މުހައްމަދު ހަމީދު

ފުލުހުންގެ އެންމެ އިސް ވެރިޔާގެ މަގާމުގައި ހުންނަވައި ރިޓަޔާޑް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ހިދުމަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޝުކުރު ދަންނަވައިފި އެވެ.

ހަމީދު ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔާކުރައްވާފައި ވަނީ މިއަދު އެވެ. އެޔާ ގުޅިގެން އެކްސްގައި ރައީސް ހިއްސާކުރެއްވި ޕޯސްޓްގައި، ހަމީދު ހިދުމަތުގައި ހުންނަވައިގެން ކޮށްދެއްވި އާދަޔާ ހިލާފު މަސައްކަތަށް ވަނީ ހާއްސަ ޝުކުރެއް ދަންނަވާފަ އެވެ.

ހާއްސަ ގޮތެއްގައި، ޒަމާނަށް ފެތޭހެން، އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ޑިމޮކްރެޓިކް އުސޫލުތަކާއިއެކު ފުލުހުންގެ ހިދުމަތް ފުޅާ ކުރުމަށް މަސައްކަތް ކުރެއްވިކަން ރައީސް ފާހަގަކުރައްވާފައިވެ އެވެ.

އަދި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ކޮށްދެއްވި މަސައްކަތްޕުޅު ވެސް ރައީސް ފާހަގަކުރައްވާފައިވެ އެވެ.

ރައީސް ވިދާޅުވެފައި ވަނީ ހަމީދުގެ ކުރިއަށް އޮތް ދުވަސްތަކަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.