އިންތިޚާބީ ރައީސް މިކަމަށް އެދިވަޑައިގެންފައި މިވަނީ އަންނަ ހުކުރު ދުވަހު މަރުކަޒަށް ދާ މީހުން މިސްކިތުގެ ދެކުނާއި އިރުމަތީ ފަޅި ބޭނުން ކުރަން އިސްލާމިކް މިނިސްޓްރީން އެންގުމާ ގުޅުވައިގެންނެވެ.
ހުކުރު ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބާއްވާ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ވަގުތުތަކުގައި އިސްލާމީ މަރުކަޒުގައި ނަމާދު ކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް، އެއްވެސް ނަމާދު ވަގުތެއްގައި ބަންދު ނުވާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސައިދޭން އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
އިންތިހާބީ ރައީސް މިކަމަށް އެދިވަޑައިގެންފައި މިވަނީ އަންނަ ހުކުރު ދުވަހު މަރުކަޒަށް ދާ މީހުން މިސްކިތުގެ ދެކުނާއި އިރުމަތީ ފަޅި ބޭނުން ކުރަން އިސްލާމިކް މިނިސްޓްރީން އެންގުމާ ގުޅުވައިގެނެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއް ގައި ބުނެފައި ހުކުރު ދުވަހު އިސްލީމީ މަރުކަޒަށް އެ ދުވަހުގެ އަސުރު ނަމާދާއި މަޣުރިބު ނަމާދަށް ދާ މީހުން މަރުކަޒުގެ ދެކުނު ފަޅި (މެދުޒިޔާރަތްމަގު) އަދި ކުރީގެ ދިރާގުގެ މައި އޮފީސް ހުރި ފަޅި އާއި އަދި އިރުމަތީ ފަރާތު ނޭޝަނަލް އާޓް ގެލެރީ ހުންނަ ފަޅި ބޭނުން ކުރަން އެދޭ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިގޮތަށް ހަމަޖެއްސުމާ ގުޅުވައިގެން އިންތިޚާބީ ރައީސްގެ އޮފީހުން ބުނީ ޖުމްހޫރީ މައިދާނުގައި ކުރިޔަށްގެންދާ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅިގެން އިސްލާމީ މަރުކަޒުގައި ނަމާދު ކުރަން ބޭނުންކުރާ އެއްވެސް ބައެއް ބަންދު ކުރުމަކީ ރަނގަޅު ކަމެއްކަމުގައި އިންތިހާބީ ރައީސް ދެކިވަޑައިނުގަންނަވާކަން، އިސްލާމިކް މިނިސްޓްރީއަށް އަންގަވާފައިވާ ކަމަށެވެ.
"ސަލާމަތީ ސަބަބުތަކަށްޓަކައި، 2023 ނޮވެމްބަރު 17 ވާ ހުކުރު ދުވަހުގެ އަސުރު ނަމާދު ވަގުތާއި މަޣްރިބް ނަމާދު ވަގުތު، އިސްލާމީ މަރުކަޒަށް ވަދެ ނުކުތުމަށް ވަކި ޚާއްސަ ފަރާތެއް ނުވަތަ ދޮރޯށްޓެއް ހަމަޖެއްސެވި ނަމަވެސް، ނަމާދުކުރުމަށް މިސްކިތުގައި އާންމު އުސޫލުން ބޭނުންކުރާ އެއްވެސް ބައެއް، އެއްވެސް ނަމާދު ވަގުތެއްގައި ބަންދުނުވާނެ ފަދަޔަކުން އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް ވެސް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވޭ،"
އިންތިޚާބީ ރައީސްގެ އޮފީހުން ބުނިގޮތުގައި އަންނަ ހުކުރު ދުވަހުގެ އަސްރު ނަމާދާއި މަޣްރިބް ނަމާދު ވަގުތުގައިވެސް މިސްކިތުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް، ބަންދުނުވާނެކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށެވެ.
ހުވާ ކުރެއްވުމުގެ ދަރުބާރު ތައްޔާރު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އެ ރަސްމިއްޔާތަށް އެކަނި ވެސް 22 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. މިއީ ރައީސަކު ހުވާ ކުރުމުގެ ދަރުބާރަށް އެންމެ ބޮޑު ހަރަދެއް ކުރާ ފަހަރެވެ.