އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލާނަން: އަލްހާން

ސިޔާސީ މައިދާނުގައި ކުރީން މަގުބޫލު ކަމެއް އޮތް އަލްހާނަކީ މި ފަހުން ގިނަ ބައެއްގެ ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވާ ފަރާތެކެވެ.

އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރައީސް ކަމުގެ މަގާމަށް ވާދަ ކުރަން ގަސްކުރާ ކަން އަލްހާން ފަހްމީ ހާމަ ކޮށްފި އެވެ.،

އަލްހާނަކީ އެމްޑީޕީގެ ނާއިބު ރައީސް ކަން ކޮށްފައެވެ. "އެކްސް" ގައި ކުރި ޕޯސްޓެއް ގައި އަލްހާން ވަނީ އެމްޑީޕީގެ ގެ ރައީސް ކަމުގެ މަގާމަށް ވާދަ ކުރަން ގަސްކުރާ ކަމަށް ވިދާޅުވެފައެވެ.

އެކަން ހާމަކޮށް އޭނާ ކުރި ޕޯސްޓް ގައި އެމްޑީޕީ ގައި ހުރެ "ނިއު އެމްޑީޕީ" އުފެއްދުމަށް އޭނާ މަަސައްކަތް ކުރި ދުވަސްވަރުގެ ފޮޓޯއެއް ހިމަނާފައިވެ އެވެ.

އެމްޑީޕީގެ ރައީސްކަން ހުސްވީ ކުރީން އެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ނަޝީދު ވަނީ އެމްޑީޕީން ވެސް ވަކިވެވަޑައިގެންފައެވެ.

ރައީސް މައުމޫނުގެ އަރިހުގައި ޑީއާރުޕީން ސިޔާސީ ހަޔާތް ފެށި އަލްހާން އެމްޑީޕީއާ ގުޅުނީ އެ ޕާޓީން ވަކިކުރުމުންނެވެ. އެމްޑީޕީން ވެސް ފަހުން ވަނީ ވަކިކޮށްފައެވެ. އަލުން އެމްޑީޕީއާ ގުޅުނީ ރައީސް ސޯލިހަށް ތާއީދު ކުރުމުގެ ގޮތުން މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައެވެ.

ސިޔާސީ މައިދާނުގައި ކުރީން މަގުބޫލު ކަމެއް އޮތް އަލްހާނަކީ މި ފަހުން ގިނަ ބައެއްގެ ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވާ ފަރާތެކެވެ.

އޭނާގެ ކުންފުންޏަކުން ހިންގި ސްކީމެއްގެ މައްސަލާގައި މިހާރު ވަނީ ދައުވާ ވެސް އުފުލާފައެވެ. އާންމުންގެ އަތުން ފައިސާ ނަގައިގެން ހިންގި މި ސްކީމު ގައި މަކަރާއި އޮޅުވާލުމުގެ ތެރެއިން ފައިސާ ހޯދުމުގެ ތުހުމަތު އޭނާގެ މައްޗަށް އޮވެ އެވެ. އެތައް ބަޔަކު އިންވެސްޓް ކުރި ފައިސާ ނުލިބިގެން އޭނާއާ ދެކޮޅަށް ފުލުހަށް މައްސަލަ ގެންގޮސްފައި ވެއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.