އާރްޑީސީއަކީ ވައްކަމާއި ހިޔާނާތުގެ މައްސަލަތަކުގެ ތުހުމަތުތައް އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ތިޖުރީވެސް ތަކުރާރުކޮށް އެތައް ފަހަރަކު ފަޅާލަފައިވެއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ބުނީ އެ ކުންފުނީގެ އޮފީހަށް މިއަދު ފުލުހުންގެ ޓީމެއް ވަނީ އެ އިދާރާއިން ބަލަމުން ގެންދާ މައްސަލައަކާ ގުޅިގެން ތަހުގީގަށް ކަމަށެވެ.
ފުލުހުން އާރްޑީސީގެ އޮފީހަށް ވަދެފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މިއަދު ފުލުހުން ވަނތް އިރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ޓީމެއް ވެސް އާރުޑީސީގެ ތެރޭގައި ގެންދަނީ ހަރަކާތްތެރިވަމުންނެވެ. -- ފުލުހުން ބަލަމުން އަންނަ ކަމަށް ވިދާޅުވި އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުސް އޮފިޝަލް ނުދެއްވަ އެވެ. ނަމަވެސް "މި" ނޫހަށް އެނގުނު ގޮތުގައި ފުލުހުން ބަލައި ފާސް ކުރުމަށް ބައެއް މުވައްޒަފުން ވެސް އެ އޮފީހުން ބޭރުކޮށްފައި ވެއެވެ.
އާރުޑީސީގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ކުރިން ބުނެފައި ވެއެވެ. ނަމަވެސް މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް ނުދެއެވެ. އޭރު އާރުޑީސީއާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުން ނުދާ ކަމަށް އެ ކުންފުނިން ބުނަމުން ދިޔައެވެ.
މިދިޔަ އަހަރު އަހަރުތެރޭ އާރުޑީސީގެ ސީއެފްއޯ ޔާސިރު ހަސަންގެ އަމިއްލަ އެކައުންޓަށް 13.8 މިލިއަން ރުފިޔާ ވަނީ ވަދެފައެވެ. އެކަން ފުލުހުން ތަހުގީގު ކުރަން ފެށީ އެމްއެމްއޭ އިން އަންގައިގެން ކަމަށް ވެއެވެ. ނަމަވެސް އާރުޑީސީން ބުނީ އެފަދަ މުއާމަލާތެއް ހިނގާފައި ނެތް ކަމަށެވެ.
އެ ކުންފުނިން އެހެން ބުނެފައި ވަނިކޮށް އާރުޑީސީގެ މުވައްޒިފުންގެ އެކައުންޓަށް ވަދެފައިވާ ފައިސާއަކީ ޕެޓީކޭޝް ކަމަށް ސީއެފްއޯ ޔާސިރު ހަސަން ފަހުން ވަނީ ވިދާޅުވެފަ އެވެ. އެ ގޮތުން 2019 އިން ފެށިގެން މަހަކު ހަތަރު / ފަސް ލައްކަ ރުފިޔާ ޕެޓީކޭޝްގެ ގޮތުގައި ޖަމާކޮށްފައިވާނެ ކަމަށެވެ.
އާރްޑީސީއަކީ ވައްކަމާއި ހިޔާނާތުގެ މައްސަލަތަކުގެ ތުހުމަތުތައް ވަރަށް ބޮޑަށް އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ތިޖުރީތައް ވެސް ތަކުރާރުކޮށް އެތައް ފަހަރަކު ފަޅާލަފައިވާއިރު ތިޖޫރީއެއް ގެއްލިފައި ވެއް ވެއްޖެ އެވެ. އިތުރުން އާރްޑީސީގެ އޮފީހުން ބޮޑެތު ވައްކަން ކުރުން ފަދަ އެތައް ކަންކަން ވެސް ތަކުރާރުކޮށް ހިނގާފައި ވެއެވެ.
އަކުރާއި ފިލިއަކީ ލަފުޒެއް ލިޔާއިރު އެންމެ މުޙިންމު ދެއެއްޗެވެ. ވީމާ ދެން ފަހަރަކުން ބަސްތައް ލިޔާއިރު ފަރުވާތެރިވެލައްވަމާ އަދި ލިޔެ ނިމުމުން ބަލާ ފާސްކުރުން މުޙިއްމު