މާދަމާ ވެސް ޖަލްސާ އޮންނާނެ ކަމަށް އިއުލާނުކޮށް މިއަދުގެ ޖަލްސާ ނިންމާލައިފި

މާދަމާގެ ޖަލްސާ ގައި އޮންނާނީ ވެސް ބަޖެޓް ހުށައެޅުމާއި ނަޝީދުގެ އިތުބާރުގެ މައްސަލަ ކަން ފާހަގަ ކުރައްވާ އީވާ ވިދާޅުވީ މާދަމާގެ ޖަލްސާ ވެސް ފުރިހަަމަ ކޮށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަޖިލީހުގެ ރިޔާސަތުގައި އިވާ: މިއަދުގެ ޖަލްސާ ވަނީ ނިންމާލާފައި

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ ވެސް ފުރިހަމައަށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެ މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލާ ގައި ގޮތް ނިންމަން ފެށި ޖަލްސާ ގައި ރިޔާސަތުގައި އިންނެވީ ނާއިބު ރައީސް އީވާ އަބްދުﷲ އެވެ. ޖަލްސާ ފެށުމާ އެކު ޑިމޮކްރެޓުން ވަނީ އިހުތިޖާޖު ކުރަމް ފަށާފައެވެ. މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓުންގެ ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް ތިއްބެވީ ރިޔާސަތުގެ މޭޒުކޮޅު ކުރިމައްޗަށް ވާ ގޮތަށް ކޮޅަށްތެދުވެވަޑައިގެން އަޑުގަދަ ކުރައްވާށެވެ.

އެމްޑީޕީގެ މެންބަރުންނާއި އެހެން ޕާޓީތަކުގެ މެންބަރުން ގެންދެވީ ނިޒާމީ މައްސަލަ ނަންގަވާ މަޖިލީސް ކުރިއަށް ގެންދިއުމަށް ފުރުސަތު ދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުންނެވެ. ނަމަވެސް ނިޒާމީ މައްސަލަތައް ބަލައިނުގަނެ އީވާ ގެންދެވީ ފަހަރަކު ބޭފުޅަކަށް ފުރުސަތު އަރުވަމުންނެވެ. 

ޑިމޮކްރެޓުން އިހުތިޖާޖު ކުރަމުން ގެންދާތީ އީވާ ވަނީ މަޖިލީހުގެ ނިޒާމު ގެއްލޭ ގޮތަށް އަމަލު ނުކުރުމަށް އެދިވަޑައިގެންފައެވެ. ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ނަސޭހަތްތެރިވެ ވަޑައިގަތެވެ. އަދި އޭގެ ފަހުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ވެސް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

އީވާ ވެސް ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގަންނަވަމުން ގެންދެވިއިރު އެކަމަނާ އިންނެވީ އުފާވެރި ކަމުގެ މިޖާޒެެއް ގައި ހިނިތުންވެލައިގެންނެވެ.

އޭގެ ފަހުން އީވާ ވަނީ އިލްޔާސް ލަބީބުގެ ނަން އިއްވާފައެވެ. އަދި އިލްޔާސް ތަޅުމުން ވަޑައިނުގަންނަވަނީސް ޖަލްސާ ކުރިއަށް ނުގެންދަވާނެ ކަމަށް ވިދާޅުވި އެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އޮތީ އިހުތިޖާޖު ކުރުން

އޭގެ ކުޑައިިރުކޮޅެއްގެ ފަހުން އަލުން ވާހަކަ ދައްކަވަން ފައްޓަވާ އީވާ ވިދާޅުވީ މަޖިލީސް ތެރޭގައި މެންބަރުން މާރާމާރީ ހިންގަވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސަ، މެންބަރު އިލްޔާސް ލަބީބުގެ ގައިކޮޅަށް އަތްލައްވާ މާރާމާރީ ހިންގެވި މަންޒަރު ފެނިވަޑައިގެންފައިވާ ކަމަށް ވިދާޅުވި އެވެ.

އަދި ހަރުކަށި ރާގެއް ގައި ވިދާޅުވީ މާރާމާރީ ހިންގަވައިގެން މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ ފުރުސަތު ނުދެއްވާނެ ކަަމަށެވެ. އަދި މަޖިލީހުގައި އެވަގުތު ނިޒާމު ނެތް ކަމަށް ވިދާޅުވެ ޖަލްސާ މެދުކަނޑާލަން އިއުލާނު ކުރެއްވި އެވެ.

އެހެން ދުވަސްތަކާއި ހިލާފަށް އީވާ ވިދާޅުވީ މެދުކަނޑާލި ޖަލްސާ ދެން ފަށާނެ ވަގުތެއް ވެސް އަންގަވާނީ ސީދާ އެކަމަނާ ކަމަށެވެ. އޭގެ ފަހުން ވެސް އީވާ އިންނެވީ ރިޔާސަތު ގައެވެ.

އެހެން ބޭފުޅަކު ރިޔާސަތަށް ވަޑައިގެން ޖަލްސާ ކުރިއަށް ގެންދެވުމަށް ފުރުސަތު ނުދެއްވާ އިންނެވުމަށް ފަހު އަލުން ޖަލްސާ ފެއްޓެވުމަށް ފަހު ވިދާޅުވީ މާދާމާ ވެސް ޖަލްސާ އޮންނާނެ ކަމަށެވެ. މާދަމާގެ ޖަލްސާ ގައި އޮންނާނީ ވެސް ބަޖެޓް ހުށައެޅުމާއި ރައީސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކަން ފާހަގަ ކުރައްވާ އީވާ ވިދާޅުވީ މާދަމާގެ ޖަލްސާ ވެސް ފުރިހަަމަ ކޮށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.