50 މެމްބަރުންގެ ސޮޔާއެކު އީވާ ވަކިކުރަން ހުށަހަޅައިފި

މި ގަރާރުގައި އެމްޑީޕީގެ 49 މެމްބަރުން ސޮއިކޮށްފައިވެ އެވެ. އޭގެ އިތުރަށް ސޮއިކޮށްފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ.

މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ: 50 މެމްބަރުންގެ ސޮޔާއެކު އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ހުށަހަޅާފައި -- އެޑިޝަންގެ ފޮޓޯއެއް

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް 50 މެމްބަރުންގެ ސޮޔާއެކު އިތުބާރު ނެތް ކަމުގެ މައްސަލަ މިއަދު ހުށަހަޅައިފި އެވެ.

އިވާ ވަކިކުރަން މިއަދު ހުށަހެޅި ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ނައިބް ރައީސް ކަމަށް އިންތިހާބު ކޮށްފައި ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރުންގެ ވޯޓާއެކުގައި ކަމަށެވެ. އެމްޑީޕީން އީވާއަށް ވޯޓު ދިނީ ޕާޓީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައިދީ، އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވުމަށް މަގުފަހިކޮށްދިނުމަށް ކަމަށާއި، ނަމަވެސް އީވާ އެމްޑީޕީން ވަކިވެވަޑައިގެންފައި ވާތީ ކުރަމުން ދިޔަ އިތުބާރު ގެއްލިފައިވާ ކަމަށެވެ.

ހަމައެޔާއެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ މައްސަލަ އެކެންޑާކޮށްފައިވާ ޖަލްސާތައް ކުރިއަށް ނުގެންގޮސް، އެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައިވާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. 

އަދި، އީވާ އަކީ ނަޝީދުގެ ދެބެއިންގެ ދެދަރި ބޭފުޅެއް ކަމަށާއި، އެކަމުގައި އީވާގެ އާއިލީ އަދި ޒާތީ މަސްލަހަތު ހިމާޔަތްކުރަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. 

މި ގަރާރުގައި އެމްޑީޕީގެ 49 މެމްބަރުން ސޮއިކޮށްފައިވެ އެވެ. އޭގެ އިތުރަށް ސޮއިކޮށްފައި ވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ.

މީގެ ކުރިން ވެސް އީވާ ވަކިކުރަން އެމްޑީޕީން ހުށަހެޅި އެވެ. އެކަމަކު ނަޝީދުގެ މައްސަލައާއެކު އެ މައްސަލަ ވެސް ވަނީ އަނބުރާ ގެނެސްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.