"އުންމީދަކީ އިތުރަށް ހާރިޖީ ދާއިރާ ތަރައްގީވުން"

މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައި ވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މައްޗަށް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވި ރަސްމިއްޔާތުގައި --

ބައިނަލްއަގްވާމީ ދުނިޔޭގައި މިހާރަށްވުރެ އުހުގައި ދިވެހި ދިދަ ވިހުރިގެން ދިއުމަކީ ކުރައްވާ ވަރަށް ބޮޑު އުންމީދެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ހާރިޖީ ހިދުމަތުގެ އެންމެ މަތިވެރި ޝަރަފް އެރުވުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ ރާއްޖޭގެ ހާރިޖީ ދާއިރާ އިތުރަށް ތަރައްގީވެ، ބައިނަލްއަގްވާމީ މަސްރަޙުގައި ދިވެހި ދިދަ މިހާރަށް ވުރެ ވެސް އުހުގައި ވިހުރެމުން ދިއުން ކަމަށެވެ.

މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވެފައި ވަނީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައި އޮތީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މައްޗަށް ކަމަށެވެ.

އެގޮތުން، މިސަރުކާރު އައިއިރު ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އޮތީ ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށާއި، ބައިނަލްއަގްވާމީ ޖަމާއަތްތަކާ ދެމެދު އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށެވެ. އަދި ބައެއް އިސްލާމީ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ކެނޑިފައި އޭރު އޮތުމަކީ، ދިވެހިންނަށް ލިބުނު ވަރަށް ބޮޑު ދެރައަކާއި ނިކަމެތިކަމެއް ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، އަލުން ކެނޑިފައިވާ ގުޅުންތައް ގާއިމުކޮށް، ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖެއަށް އަނބުރާ އިތުބާރާއި ޔަގީންކަން ހޯއްދެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވައި، އެމަނިކުފާނަށް ޝުކުރު އަދާކުރެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވާހަކަދައްކަވަނީ --

"ދިވެހި ހާރިޖީ ހިދުމަތުގެ ދާއިރާއަށް މިސަރުކާރުން މުހިއްމު ބަދަލެއް ގެނެސްފައިވާކަން ފާހަގަކުރަން. މިގޮތުން، ސިވިލް ސާވިސްގައި ނުހިމެނޭ މުޅިން ވަކި ހިދުމަތެއްގެ ގޮތުގައި، ހާއްސަ ގާނޫނަކުން ބާރު ލިބިދޭ ހިދުމަތެއްގެ ގޮތުގައި ދިވެހި ފޮރިން ސާވިސް އުފެއްދުމުގެ މަގްސަދަކީ އެއިރެއްގައި އޮންނަ ސަރުކާރަކުން ކަނޑައަޅާ ހާރިޖީ ސިޔާސަތުތައް ދަމަހައްޓައި ނެގެހެއްޓުމުގައި އެންމެ ފުރިހަމަ މާނައިގައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް އެހީތެރިވެދިނުން،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ހާރިޖީ ހިދުމަތުގެ އެންމެ މަތީ ޝަރަފު އަރުވާފައި ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލަށާއި، ފޮރިން ސެކްރެޓެރީ ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ލަތީފަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.