މޫނު ބުރުގާ އެޅި މީހަކާ ފޮށި ފުރައްސާރަކޮށްފި

މި ފަދަ ގިނަ މައްސަލަތަކުގައި ފުލުހަށް ރިޕޯޓް ކުރުމުގެ ބަދަލުގައި ވަރަށް ގިނަ ބަޔަކު ސޯޝަލް މިޑިއާގެ ޕްލެޓްފޯމްތަކުގެ ތެރެއިން ޓްވިޓާ އާއި ފޭސްބުކް މެދުވެރިކޮށް އާންމުންގެ ސަމާލު ކަމަށް ގެނައުން އިތުރުވެފައި ވެއެވެ.

ފުލުހުންގެ މައި އިދާރާ: ބައެއް މީހުން ފުލުހަށް މައްސަލަ ނުގެންގޮސް އެ ވާހަކަ އާންމުންނާ ހަމައަށް ގެންދޭ

މާލޭގެ ކާރުބާރު ބޮޑު މައި މަގު، މަޖީދީމަގުގައި ރޭ މޫނު ބުރުގާ އަޅައިގެން ދިޔަ އަންހެނަކާ ދިމާކޮށް ފުރައްސާރަ ކުރުމާއެކު ފޮށި މައްސަލައެއް ފެންމަތިކޮށް އެކަން އާންމު ސަމާލު ކަމަށް ގެނެސް ދީފި އެވެ.

ރޭ އެ ހާދިސާ ދިމާވި ކަމަށް ބުނާ އަންހެން މީހާ ވަނީ އޭނާގެ ވާހަކަ ޓްވީޓެއް މެދުވެރިކޮށް އާންމުންގެ ތެރެއަށް ދޫކޮށްލާފަ އެވެ. އޭނާގެ ޓްވީޓްގައި އޮތީ މަޖިދީ މަގުން އޭނާ ގެއަށް ދަނިކޮށް ފިރިހެނަކު އޭނާއާ ފޮށި ފުރައްސާރަ ކޮށްފައިވާ ކަމަށާއި އޭނާގެ ކަންފަތް ކައިރީގައި "އޭ ނިންޖާ" އޭ ކިޔާ ބާރަށް ހަޅޭއްލަވައިގެންފައި ކަމަށެވެ. އަދި އޭނާގެ ބުރުގާގައި ހިފައި ދަމައިގެންފައިވާ ކަމަށް ވެސް އެ ޓްވީޓްގައި ބުނެފައި ވެއެވެ.

އެމީހާ ޓްވީޓާ ގުޅިގެން ގިނަ ބަޔަކު އޭނާއާ ބައިވެރިވެފައި ވެއެވެ. އަދި ވަނީ މަގުމަތީގައި އެއްވެސް އަންހެނަކަށް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ ވެސް ބަޔަކު ހިޔާލު ފާޅުކޮށްފައި ވެއެވެ.

ޓްވީޓެއް ކުރި އެ މީހާއަކީ ކާކު ކަމެއް ސާފެއް ނުވެ އެވެ. އަދި އެ މައްސަލަ އޭނާ ފުލުހަށް ހުށަހެޅި ކަމެއް ވެސް އާންމު ސަމާލު ކަމަށް އައުމުން ފުލުހުން ބަލާ ކަމެއް "މި" ނޫހުން ކުރި މަސައްކަތުން ސާފެއް ނުވި އެވެ.

އަންހެން މީހާ ކުރި ޓްވީޓް

މި ފަދަ ގިނަ މައްސަލަތަކުގައި ފުލުހަށް ރިޕޯޓް ކުރުމުގެ ބަދަލުގައި ވަރަށް ގިނަ ބަޔަކު ސޯޝަލް މިޑިއާގެ ޕްލެޓްފޯމްތަކުގެ ތެރެއިން ޓްވިޓާ އާއި ފޭސްބުކް މެދުވެރިކޮށް އާންމުންގެ ސަމާލު ކަމަށް ގެނައުން އިތުރުވެފައި ވެއެވެ. އަދި އެފަދަ މީހުން ސޯޝަލް މީޑިއާގައި ބޭޒާރު ކުރަމުން ވެސް ގެންދެ އެވެ. އެގޮތް މެދުވެރިވާން ފެށީ އެފަދަ ގިނަ މައްސަލަތަކުގައި ފުލުުންގެ އަޅައިލުން ކުޑަވެ އެކި މައްސަލަތަކުގައި ތަފާތު ކުރާ ކަމަށް ތުހުމަތުތައް ވާން ފެށުމުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.