އީވާ ވެސް ވަކިކުރަނީ، ސޮއި ހަމަ ކޮށްފި

އެމްޑީޕީގެ ޕީޖީން މިރޭ ބުނި ގޮތުގައި އެ މަސައްކަތް ރަސްމީ ނުުކުރަނީސް އިތުބާރު ނެތް މައްސަލަ ހުށައަޅަން ސޮއި ވަނީ ހަމަވެފައެވެ. އެ މަސައްކަތް ފެށީ ޕީޖީ ގުރޫޕްގެ ބައެއް މެންބަރުން އިސްނަގައިގެންނެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ: މަގާމުން ވަކިކުރުމުގެ މަސައްކަތް ވަނީ ފަށާފައި

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް އިތުބާރު ނެތް ކަމުގެ މައްސަލަ އެއް ހުށައަޅަން ތައްޔާރު ކޮށްފި އެވެ.

އެ މަސައްކަތް ކުރަނީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މެންބަރުންނެވެ. އެ ޕާޓީގެ ޕީޖީން މިރޭ ބުނި ގޮތުގައި އެ މަސައްކަތް ރަސްމީ ނުުކުރަނީސް އިތުބާރު ނެތް މައްސަލަ ހުށައަޅަން ސޮއި ވަނީ ހަމަވެފައެވެ. އެ މަސައްކަތް ފެށީ ޕީޖީ ގުރޫޕްގެ ބައެއް މެންބަރުން އިސްނަގައިގެންނެވެ.

މީގެ ކުރީން ވެސް އީވާ މަގާމުން ދުރުކުރަން ހުށައެޅި އެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ވޯޓާއި ގުޅިގެން އެ ވަގުތަށް މައްސަލަ ނެގީ އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގައި އޮންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ. ރިޔާސަތުން އަމަލު ކުރާ ގޮތުން އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ. 

ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރާމެދު ގޮތެއް ނިންމަން މިއަދު ވެސް ދެ ޖަލްސާ ބޭއްވި އެވެ.

މިއަދު ހެނދުނު ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އަފީފާ ރިޔާސަތު ހަވާލު ކުރެއްވީ ނައިބް ރައީސް އީވާ އަބްދުﷲ ސަލާން ފޮނުއްވުމާ ގުޅިގެންނެވެ.

އެ ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނެންގެވި ނިޒާމީ ނުކުތާއެއް ބަލައިގަނެ، ރައްޔިތުންްގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައާ ގުޅޭ ގަރާރު ވަނީ ބޭރުކޮށްލާފަ އެވެ. ގަރާރު ބޭރުކޮށްލައްވަމުން އަފީފް ވިދާޅުވެފައި ވަނީ އެއީ ގަވާއިދާ ހިލާފަށް ހުށައަޅާފައިވާ ގަރާރެއް ކަމަށެވެ.

އަފީފްގެ އެ ނިންމުން ގޯސް ކަމަށް ނިންމާ މަޖިލީހުން ވަނީ 11:30 ގައި ވެސް ޖަލްސާއެއް ބާއްވާފަ އެވެ. އެ ޖަލްސާއަށް އީވާ ވަޑައިގެންނެވި އެވެ. ރިޔާސަތާ ހަވާލުވެވަޑައިގެން އީވާ ވިދާޅުވެފައި ވަނީ ބޭރުކޮށްލާފައިވާ ގަރާރެއްގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މާދަމާ ވެސް ދެ ޖަލްސާ އެއް އެބައޮތެވެ. ފުރަތަމަ ޖަލްސާ އޮތީ ހެނދުނު 9:00 ގައެވެ. އެ ޖަލްސާ ގައި އޮތީ ސަޕްލިމަންޓަރީ ބަޖެޓް ހުށައެޅުމާއި 2024 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށައެޅުމެވެ.

އޭގެ ފަހުން ދެވަނަ ޖަލްސާ އޮތީ ހެނދުނު 11:00 ގައެވެ. އެ ޖަލްސާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދިއުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.