ސީޕީ ހަމީދު ރިޓަޔާ ކުރައްވާނީ 15 ގައި، މުވައްޒިފުންގެ ބައްދަލްވުން މިރޭ

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ޝަރަފުވެރި ކަމާއެކު ވަކިވެވަޑައިގަންނަވާނީ 15 ވަނަ ދުވަހު އެވެ. މިރޭ ހާއްސަ ބައްދަލްވުމެއް ބާއްވަން ވަނީ ނިންމާފައެވެ.

ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މި މަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުން ޝަރަފުވެރި ކަމާއެކު ވަކިވެވަޑައިގަންނަވާން ނިންމައިފި އެވެ.

މި މަހު ފުލުހުންގެ ހިދުމަތުން ޝަރަފުވެރި ކަމާއެކު ވަކިވެވަޑައިގަންނަވާނެ ކަމަށް ފުލުހުންގެ އިސްވެރީން ހިމެނޭ އެ މުއައްސަސާގެ ޕްލެޓްފޯމަކަށް ފޮނުއްވެވި ދިގު މެސެޖެއްގައި ހަމީދު ވަނީ ވިދާޅުވެފައެވެ.

އޭރު ހަމީދު ނިންމަވާފައި އޮތީ ނޮވެންބަރު 11 ވަނަ ދުވަހު ނުވަތަ އޭގެ ކުރީ ތާރީހެއް ގައި ވަކިވެވަޑައިގަތުމަށެވެ. ނަމަވެސް އެ ތާރީހަށް އެކަން ނުކުރެވި ދިޔައީ އެވެ.

މި" ނޫހަށް އެނގިފައިވާ ގޮތުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ފުލުހުންގެ ހިދުމަތުން ޝަރަފުވެރި ކަމާއެކު ވަކިވެވަޑައިގަންނަވާނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެކަމާއި ގުޅިގެން މިރޭ ހާއްސަ ބައްދަލްވުމެއް ބާއްވަން ވަނީ ނިންމާފައެވެ.

ސްޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ސޮއިކޮށް ފުލުހުންގެ ކޮމާންޑްތަކަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައި ވަނީ ސީޕީ ހަމީދު މި މަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގަންނަވާނެ ކަމަށެވެ. އޭގެ ކުރީން ހިދުމަތުގައި މިހާރު ތިއްބި ހުރިހާ ފުލުހުންނާއި ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެެހެން ކަމުން ކޮމާންޑްތަކުގައި ހިމެނޭ ހުރިހާ މުވައްޒިފުން މިރޭ އޮންނަ ބައްދަލްވުމަށް ހާޒިރުވުމަށް ވަނީ އަންގާފައެވެ.

މިރޭގެ ބައްދަލްވުން އޮތީ 8:30 ހައި އިސްކަންދަރު ކޮށި ގްރަންޑް ފްލޯ ގައެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި ހަމީދު، ފުލުސް ވަޒީފާއިން ވަކި ކުރެެއްވީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް އާންމު ކުރެެއްވުމުގެ ތުހުމަތު ގައެވެ. ފުލުހުންގެ އެތެރޭގެ ކަންކަމާއި ސިއްރު މައުލޫމާތު ހަމީދު، އޭރުގެ އިދިކޮޅު ޕާޓީ އެމްޑީޕީއާ ހިއްސާ ކުރުމުގެ ތުހުމަތު އޮވެއެވެ. -- ހަމީދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުންގެ ކޮއްކޯފުޅުގެ ފިރިކަލުންނެވެ. --

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.