މާދަމާ ދެ ޖަލްސާ، ބަޖެޓް ހުށައެޅުމާއި ނަޝީދު ވަކިކުރުން

މާދަމާގެ ފުރަތަމަ ޖަލްސާ އޮތީ ހެނދުނު 9:00 ގައެވެ. އޮތީ ސަޕްލިމަންޓަރީ ބަޖެޓާއި 2024 ގެ ބަޖެޓް ހުށައެޅުމެވެ. 11:00 ގައި އޮތް ޖަލްސާ ގައި އޮތީ ނަޝީދުގެ އިތުބާރުގެ މައްސަލަ އެވެ.

މަޖިލީހުގެ ރިޔާސަތުގައި ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ދެ ޖަލްސާ އެއް މާދަމާ ބޭއްވުމަށް ނިންމާ އެޖެންޑާ އާންމު ކޮށްފި އެވެ.

މާދަމާގެ ފުރަތަމަ ޖަލްސާ އޮތީ ހެނދުނު 9:00 ގައެވެ. އެ ޖަލްސާ ގައި އޮތީ ސަޕްލިމަންޓަރީ ބަޖެޓް ހުށައެޅުމާއި 2024 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ހުށައެޅުމެވެ.

އޭގެ ފަހުން ދެވަނަ ޖަލްސާ އޮތީ ހެނދުނު 11:00 ގައެވެ. އެ ޖަލްސާގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދިއުމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރާމެދު ގޮތެއް ނިންމަން މިއަދު ވެސް ދެ ޖަލްސާ ބޭއްވި އެވެ.

މިއަދު ހެނދުނު ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އަފީފާ ރިޔާސަތު ހަވާލު ކުރެއްވީ ނައިބް ރައީސް އީވާ އަބްދުﷲ ސަލާން ފޮނުއްވުމާ ގުޅިގެންނެވެ.

އެ ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނެންގެވި ނިޒާމީ ނުކުތާއެއް ބަލައިގަނެ، ރައްޔިތުންްގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައާ ގުޅޭ ގަރާރު ވަނީ ބޭރުކޮށްލާފަ އެވެ. ގަރާރު ބޭރުކޮށްލައްވަމުން އަފީފް ވިދާޅުވެފައި ވަނީ އެއީ ގަވާއިދާ ހިލާފަށް ހުށައަޅާފައިވާ ގަރާރެއް ކަމަށެވެ.

އަފީފްގެ އެ ނިންމުން ގޯސް ކަމަށް ނިންމާ މަޖިލީހުން ވަނީ 11:30 ގައި ވެސް ޖަލްސާއެއް ބާއްވާފަ އެވެ. އެ ޖަލްސާއަށް އީވާ ވަޑައިގެންނެވި އެވެ. ރިޔާސަތާ ހަވާލުވެވަޑައިގެން އީވާ ވިދާޅުވެފައި ވަނީ ބޭރުކޮށްލާފައިވާ ގަރާރެއްގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ އިދާރާ އިން ފަހުން ބުނީ ދެ ބޭފުޅުން ވެސް އަމަލު ކުރެއްވީ ގޯސްކޮށް ކަމަށް މަޖިލީސް އިދާރާއިން ދެކޭ ކަމަށެވެ. އެހެން ކަމުން ނަޝީދުގެ އިތުބާރުގެ މައްސަލަ މާދަމާ ކުރިއަށް ގެންދަން ނިންމީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.