އެލާގޯ ގަޑުބަޑުވެފައި، ބޭނުންކުރުން މަނާކޮށް ނައްތާލަން އަންގައިފި

އެލާގޯ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލީން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހުރިކަން ވަނީ ކަށަވަރު ވެފައެވެ.

ކެއްސުމާއި ހުމާއި ރޯގާ އަށް ބޭނުން ކުރާ އެލާގޯ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ހުރުމުން ވިއްކުމާއި ބޭނުން ކުރުން މަނާކޮށް މިހާރު ހުރި ބޭސްތައް ނައްތާލަން އަންގައިފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރުނު އެލާޓެެއް ގައި ބުނެފައި ވަނީ އެލާގޯ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލީން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭތޯ ކަށަވަރު ކުރުމަށް މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރުމުން އެ ދެ މާއްދާ ވެސް ހުރިކަން ކަށަަވަރު ވެފައިވާ ކަމަށެވެ. މިއީ ޕާކިސްތާނުގެ ކުންފުންޏެއްގެ އުފެއްދުމެކެވެ.

އެމްއެފްޑީއޭ އިން ބުނި ގޮތުގައި އެ ބޭހުގެ އިތުރު ބެޗްތައް ވެސް ސްކްރީން ކުރިިއިރު ހުރިހާ ބެޗެއް ގައިވެސް އެ ދެ މާއްދާގެ ކެމިކަލް ހުރިކަން މިހާރު ވަނީ ކަށަވަރު ވެފައެވެ. އެއީ ބެޗް ނަންބަރު k222, G204, L210, J242 އެވެ. 

އެެހެން ކަމުން މިއަދުން ފެށިގެން މި ބޭހުގެ މި ބްރޭންޑްގެ އެއްވެސް ބެޗެއް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއްކަން އަންގާ މި ބޭސް ރާއްޖެ އެތެރެކޮށް ވިއްކާ ކުންފުނިތަކުން ވެސް މި ބޭސް ނައްތާލުމަށް އެމްއެފްޑީއޭ އިން ވަނީ އަންގާފައެވެ.

ކޮމެންޓް

1
450
ތިއްތި
10 months ago

މިހާރު ދެން ނެތެއްނު ރަނގަޅު އެއްވެސް ބޭހެއް.. މި ތަކެތި އެތެރެ ވެގެން މި އަންނަނީ ކިހިނެތްތޯ!

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.