އީވާއާ އަފީފްގެ ނިންމުން ގޯސް: މަޖިލިސް

"އިދާރާއިން ދެކެނީ މައްސަލަ އެގޮތަށް ރިޔާސަތުން ބޭރު ނުކުރެވޭނެ ކަމަށް. އެހެންވެ ދެވަނަ ޖަލްސާއެއް އެޖެންޑާ ކުރީ ވެސް،"

މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އަދި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް --

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން ހުށަހެޅި ގަރާރާމެދު ގޮތެއް ނިންމަން މިއަދު ބޭއްވި ދެ ޖަލްސާ ގައި ވެސް ރިޔާސަތުން އަމަލު ކުރެއްވި ގޮތް ގޯސް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.

މިއަދު ހެނދުނު ބޭއްވި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އަފީފާ ރިޔާސަތު ހަވާލު ކުރެއްވީ ނައިބް ރައީސް އީވާ އަބްދުﷲ ސަލާން ފޮނުއްވުމާ ގުޅިގެންނެވެ. 

އެ ޖަލްސާގައި ދަ ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނެންގެވި ނިޒާމީ ނުކުތާއެއް ބަލައިގަނެ، ރައްޔިތުންްގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލައާ ގުޅޭ ގަރާރު ވަނީ ބޭރުކޮށްލާފަ އެވެ. ގަރާރު ބޭރުކޮށްލައްވަމުން އަފީފް ވިދާޅުވެފައި ވަނީ އެއީ ގަވާއިދާ ހިލާފަށް ހުށައަޅާފައިވާ ގަރާރެއް ކަމަށެވެ.

އަފީފްގެ އެ ނިންމުން ގޯސް ކަމަށް ނިންމާ މަޖިލީހުން ވަނީ 11:30 ގައި ވެސް ޖަލްސާއެއް ބާއްވާފަ އެވެ. އެ ޖަލްސާއަށް އީވާ ވަޑައިގެންނެވި އެވެ. ރިޔާސަތާ ހަވާލުވެވަޑައިގެން އީވާ ވިދާޅުވެފައި ވަނީ ބޭރުކޮށްލާފައިވާ ގަރާރެއްގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން މަޖިލީހުގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން ހަސަން ޒިޔާއު ވިދާޅުވީ ދެ ބޭފުޅުން ވެސް އަމަލު ކުރެއްވީ ގޯސްކޮށް ކަމަށް މަޖިލީސް އިދާރާއިން ދެކޭ ކަމަށެވެ.

"އިދާރާއިން ދެކެނީ މައްސަލަ އެގޮތަށް ރިޔާސަތުން ބޭރު ނުކުރެވޭނެ ކަމަށް. އެހެންވެ ދެވަނަ ޖަލްސާއެއް އެޖެންޑާ ކުރީ ވެސް،" ޒިޔާއު "މި" ނޫހަށް ވިދާޅުވި އެވެ.

ނަޝީދުގެ މައްސަލަ ބޭރުކޮށްލާފައި ވަނީ ކުރިޔާލާ ރާވައިގެން ކަމަށް އެމްޑީޕީ މެމްބަރުން ވިދާޅުވެފައިވެ އެވެ. އަފީފް އެ ގަރާރު ބޭރުކޮށްލާފައި ވަނީ ގަރާރުގެ ސިފަތައް ފުރިހަމަ ނުވާ ކަމަށް ވިދާޅުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.