މެމްބަރުންގެ އިންތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ ކޮމެޓިއަށް

އަފީފް މި ގަރާރު ބޭރުކޮށްލާފައި ވަނީ ދަ ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ސުލޫކީ މައްސަލަ ބަލައިގަނެ، އެއީ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ނިންމާފަ އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް: މެމްބަރުންގެ އިމްތިޔާޒަށް އަރާގެންފައިވާ ކަމަށް ބުނެ ދެކޮޅަށް ވަނީ މައްސަލައެއް ހުށަހަޅާފައި --

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 49 މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބުނެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފާ ދެކޮޅަށް އިމްތިޔާޒާއި ސުލޫކް ކޮމެޓީއަށް އެމްޑީޕީން މައްސަލައެއް ހުށަހެޅައިފި އެވެ.

މި މައްސަލަ ކޮމެޓީގައި ތާވަލުކޮށްފައި ވަނީ މިއަދު 12:00 އަށެވެ. މައްސަލަ ތާވަލުކޮށްފައިވާ ކަމަށް މަޖިލީސް އިދާރާއިން ވަނީ އިއުލާނު ވެސް ކޮށްފަ އެވެ. މަޖިލީސް އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައި ވަނީ ހެނދުނުގެ ޖަލްސާގައި އަފީފް ކަންތައް ކުރެއްވި ގޮތުން މެމްބަރުންގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ބެލެވޭތީ އެ މައްސަލައާ މެދު މަޝްވަރާކޮށް ގޮތެއް ނިންމުން މި ކޮމެޓީ ބައްދަލުވުމުގައި އޮންނާނެ ކަމަށެވެ.

އެ މައްސަލަ ހުށަހަޅާފައި ވަނީ އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެވެ. އަސްލަމް ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައި ވަނީ މިއަދުގެ ޖަލްސާގައި އަފީފް ކަން ކުރައްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ. އެހެންވެ، އޭނާގެ އެ އަމަލަކީ މުޅި މަޖިލީހަށް އުނިކަން އަންނަ ފަދަ އަމަލެއް ކަން ފާހަގަކުރައްވާފައިވެ އެވެ.

ހެނދުނު ބޭއްވި ޖަލްސާގައި، މަޖިލީހުގެ 49 މެމްބަރުންގެ ސޮޔާއެކު ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އަފީފު ވަނީ ބޭރުކޮށްލާފަ އެވެ. އަފީފް މި ގަރާރު ބޭރުކޮށްލާފައި ވަނީ ދަ ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ސުލޫކީ މައްސަލަ ބަލައިގަނެ، އެއީ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ނިންމާފަ އެވެ.

މެމްބަރުން ނެންގެވި ސުލޫކީ މައްސަލައިގައި ފާހަގަކުރައްވާފައި ވަނީ ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރުގައި، ގަވާއިދުގެ 168 ވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަ ނުވާ ކަމަށެވެ. އެގޮތުން، ގަވާއިދުގައި ބަޔާންކޮށްފައިވާ ދީބާޖާއެއް ނެތް ކަމަށް ވިދާޅުވެފައިވެ އެވެ.

އެ ޖަލްސާ ނިންމާލުމާއެކު، އެމްޑީޕީ މެމްބަރުންގެ އެދުމަށް 11:30 ގައި ޖަލްސާއެއް ބޭއްވި އެވެ. އެޖަލްސާގެ ރިޔާސަތާއި ނައިބް ރައީސް އީވާ އަބްދުﷲ ހަވާލުވެވަޑައިގެން ޖަލްސާ ކުރިއަށް ނުގެންގޮސް ވަނީ ނިންމާލައިފަ އެވެ. އީވާ ވިދާޅުވެފައި ވަނީ ބޭރުކޮށްލާފައިވާ ގަރާރެއްގެ މައްސަލަ ދެން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މީގެ ކުރިން ވެސް ނަޝީދު ވަކިކުރާ މައްސަލަ ހުށަހަޅައި، އެކި މައްސަލަތަކާ ގުޅިގެން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ. މިއަދުގެ ޖަލްސާއަށް ޑިމޮކްރެޓްސް އިން އައީ ވަރަށް ބޮޑަށް މިކަން މިގޮތަށް ކުރަން ރާވައިގެން ކަމަށް އެމްޑީޕީ މެމްބަރުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެމްޑީޕީ މެމްބަރުން ގެންދަވަނީ މިހާރު ވެސް މަޖިލީސް ތަޅުމުގައި އިހްތިޖާޖް ކުރަމުންނެވެ. ވަގުތު ޖެހުނަސް އަދި ކޮމެޓީ ފަށާފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.