ދަނގެތީ ކައުންސިލާއި އެ ރަށު ސްޓެލްކޯ ބްރާންޗާއި ސުކޫލާއި ހެލްތް ސެންޓަރާއި ޖަމިއްޔަތުލް ގަލަމް އަދި އަންވާރު ގުޅިގެން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފައިސާ ހޯދުމަށް ބޮޑު ކެމްޕެއިނެއް ހިންގާފައެވެ.
ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތް، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ހިންގާ ޖަރީމާތަކާއި ގުޅިގެން ހާލު ޖެހިފައިވާ ރައްޔިތުންނަށް އެހީތެރި ވުމުގެ ގޮތުން އދ. ދަނގެތީ ރައްޔިތުން 150،000 ރުފިޔާ އެއްކޮށްފި އެވެ.
ދަނގެތީ ކައުންސިލާއި އެ ރަށު ސްޓެލްކޯ ބްރާންޗާއި ސުކޫލާއި ހެލްތް ސެންޓަރާއި ޖަމިއްޔަތުލް ގަލަމް އަދި އަންވާރު ގުޅިގެން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފައިސާ ހޯދުމަށް ބޮޑު ކެމްޕެއިނެއް ހިންގާފައެވެ.
އެގޮތުން އާއިލީ ހަވީރަކާއި ކާއެއްޗެހި ވިއްކުމުގެ ހަރަކާތަކާއި ޓީޝާޓް ވިއްކުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއިން ކޮންމެ ހަރަކާތެއް ވެސް ކުރިއަށް ގެންގޮސްފައި ވަނީ ފަންޑްރެއިޒިން ހަރަކާތެއްގެ ގޮތުގައެވެ.
މީގެ އިތުރުން ރިސޯޓްތަކަށް އަމާޒުކޮށްގެން "މޯލްޑިވިއަން ނައިޓް" ގެ ނަމުގައި ވެސް ވަނީ ހާއްސަ ހަރަކާތެއް ވަނީ ބާއްވާފައެވެ.
އެއީ ދަނގެތީ ކައިރީ ހިންގާ ރިސޯޓްތަކަށް ހާއްސަކޮށްގެން ބޭއްވި ޑިނާ ނައިޓެކެވެ. ދަނގެތީ ކައުންސިލުން ބުނި ގޮތުގައި ހުރިހާ ހަރަކާތަކަށް ވެސް އާންމުންގެ ވަރަށް ބޮޑު އެހީތެރި ކަމެއް ވަނީ ލިބިފައެވެ.
އަދި ފަލަސްތީނަށް އެހީވުމަށް ހިންގި މުޅި ހަރަކާތަށް 150،095.45 ރުފިޔާ ވަނީ ލިބިފައެވެ.
ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަ ކުރުމުގެ ގޮތުން ދަނގެތީ ގައި ވަނީ ބޮޑު ހިނގާލުމެއް ވެސް ބާއްވާފައެވެ. އަދި ފަލަސްތީނުގެ ތާރީހާއި އިސްލާމުންނާއި ފަލަސްތީނުގެ ބިމާއި އޮތް ގުޅުން ބަޔާން ކޮށް ދިނުމުގެ ގޮތުން އެ ރަށުގައި ވަނީ ހާއްސަ ފޯރަމެއް ވެސް ބާއްވާފައެވެ.
ޖަމިއްޔަތުއް ސަލަފާއި ގުޅިގެން ބޭއްވި ފޯރަމް ގައި އައްޝައިހް އަހްމަދު ސަމީރާއި އައްޝައިހް މުޖްތަބާ ހަމީދު ވަނީ ތަގުރީރު ކުރައްވާފައެވެ.
ދީނީ ހޭލުންތެރިކަން އޮތް އަދި ދީނަށް ލޯބިކުރާ ރައްޔިތަކު އުޅޭ ދަނގެއްޗަކީ މީގެ ކުރީން ވެސް ނަމޫނާ އެތައް ހަރަކާތްތަކެއް ހިންގާފައިވާ ރަށެކެވެ. ދަނގެއްޗަކީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އީދު ފާހަގަ ކުރަން ފެށި ފުރަތަމަ ރަށެވެ.
ފަލަސްތީނުގެ ދިފާއުގައި މުޅި ދުނިޔޭ ގައި ވެސް ގަދަ އަޑަކީ ދިވެހީންގެ އަޑެވެ. މިދިޔަ ސާޅީހަކަށް އަހަރު ދިވެހީން ގެންދިޔައީ ބައިނަލްއަގްވާމީ ދުނިޔެއާ ރާއްޖޭގައި އެ އަޑު އުފުލަމުންނެވެ. ދިވެހީންނަށް ވެވުނު މިންވަރަކުން އެހީތެރިކަން ފޯރުކޮށް ދެމުން ދިޔަ އެވެ. ދިވެހީންގެ ހިތްތަކުގައި ފަަލަސްތީނަށް އޮތީ ވަރަށް ހާއްސަ ލޯތްބަކާއި ގަދަރެކެވެ.
ދަނގެތި މީހުން އެއި ހަމަ ބެސްޓް