ތަފާތު ކުޅިވަރުތަކާއެކު ކެއާ ސޮސައިޓީގެ ރިހި ޔޫބީލް ފާހަގަކޮށްފި

ކެއާ ސޮސައިޓީއަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން --

ކެއާ ސޮސައިޓީއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ޖަމުއިއްޔާއިން އިންތިޒާމުކޮށްގެން މިއަދު ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

ސޯޝަލް ސެންޓަރުގައި މިއަދު ހަވީރު އޮތް މި އިވެންޓް ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. ހަވީރުގައި ބައިވެރިވި ދަރިވަރުންނާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ކެއާ ސޮސައިޓީގެ އެކި މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު ފާއިތުވި ދުވަސްތަކުގައި އެމަނިކުފާނަށް ލިބިއްޖެ ކަމަށާއި ކޮންމެ ކަމެއްވެސް ކާމިޔާބު ކުރެވޭނީ އެކުވެރިކަމާ އެކުގައި ކަމަށެވެ.

ފައިސަލް ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަކީ މުޖުތަމައު ތެރޭގައި ކުލުނާއި ލޯބި އުފެދިގެން ކުރެވޭ ކަމެއް ކަމަށާއި އެއީ އާމްދަނީ ހޯދުމަށް ޓަކައި ކުރެވޭ މަސައްކަތެއްގެގޮތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން އެކުވެރިކަމާއެކު ގުޅިގެން ކުރާ ކޮންމެ މަސައްކަތެއް ކާމިޔާބު ވާނެ. އަޅުގަނޑުމެންނަށް ބޭނުންވަނީ މިގޮތަށް މުޖުތައު ތެރޭގައި ކަންތައްތަކަށް ބޭނުންޖެހިފައި ތިބި މީހުންނަށް އަޅާލާނެ މީހުން. މުޖުތަމައު ތެރެއިން މިއަދު އެކަންކަން އެބަ ފެނިގެންދޭ،" ފައިސަލް ވިދާޅުވިއެވެ.

ކުޑަކުދިންނާއި ގުޅޭ ތަފާތު އެކިއެކި ހަރަކާތްތަކާއި، ކުޅިވަރުތަކާއެކު ކުރިއަށް ގެންދިޔަ މި އިވެންޓުގައިި ކެއާ ސޮސައިޓީގެ ދަރިވަރުންނާއި އެހެން ސުކޫލްތަކުގެ ދަރިވަރުންގެ ހަރަކާތްތަކެއް ބޭއްވިއެވެ. މީގެ އިތުރުން އެކި ކުޅިވަރުތައް ހިމެނޭ ސްޓޯލްތައް ކުރިއަށް ދިޔައިރު، ވަނީ އެނިވާސަރީ ކޭކުވެސް ފަޅާފައެވެ. 

މުޖުތަމައުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވުމުގެ ގޮތުން ކެއާ ސޮސައިޓީގެ ނަމުގައި މި ޖަމުއިއްޔާ އުފެއްދީ 1998 ވަނަ އަހަރުއެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.