އެލާޓެއް ގައި ބުނެފައި ވަނީ ރާއްޖޭގެ މާކެޓްގައި ވިއްކަން ހުރި "paracetamol paediatric oral suspension" ގެ 100 މިލިގްރާމް ބޭހުގެ ކޮލެޓީ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނެރުނު އެލާޓެއް ގައި ބުނެފައި ވަނީ ރާއްޖޭގެ މާކެޓްގައި ވިއްކަން ހުރި "paracetamol paediatric oral suspension" ގެ 100 މިލިގްރާމް ބޭހުގެ ކޮލެޓީ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ކުލަ ބަދަލުވެ ގަނޑުވެފައި ހުންނަ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން އެމްއެފްޑީއޭ އިން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންދާތީ މި ޕްރޮޑަކްޓް ރާއްޖެ އެތެރެ ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުން މަނާ ކޮށްފައިވާ ކަމަށް އެލާޓް ގައި ވެއެވެ.