މި ދުވަސްވަރާ ދިމާކޮށް ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި، ގެންގުޅޭ މީހުންގެ މައުލޫމަތު އެނގޭނަމަ، އީޕީއޭގެ ހޮޓްލައިން 7980379 އަށް ގުޅައި އެންގުމަށް އީޕީއޭއިން ވަނީ އެދިފައެވެ.
އިރުވައި މޫސުމާ ދިމާކޮށް ރާއްޖެއަށް ހިޖުރަ ކުރާ ދޫނި ހިފާ ހައްޔަރުކޮށް، ގޯނާކުރާ މީހުންނަށް ފިޔަވަޅު އަޅާނެކަން
އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހަނދާންކޮށްދީފި އެވެ.
އެ އެޖެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެހެން އަހަރުތަކެކޭ ވެސް އެއް ގޮތަށް މިދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކުގެ ދޫނި ރާއްޖެއަށް ހިޖުރަކުރާ ދުވަސްވަރެއް ކަމަށެވެ. އަދި އެގޮތަށް ހިޖުރަކުރާ ދޫންޏަކީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ "ދިވެހިރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފައި، ގެންގުޅުމާބެހޭ ގަވާއިދު" ގެ ދަށުން ހިމާޔަތްކޮށްފައިވާ ދޫނިތަކެއްކަން އީޕީއޭގެ ބަޔާނުގައި ހަނދާންކޮށްދީފައިވެއެވެ.
"ރާއްޖޭގައި ފެންނަ ގިނަ ބާވަތްތަކުގެ ދޫންޏަކީ މިގޮތަށް މޫސުމާއި ގުޅިގެން ރާއްޖެއަށް ހިޖުރަކުރާ ބާވަތްތަކުގެ ދޫންޏެވެ. އެހެންކަމުން މިތަކެތި ރައްކާތެރިކުރުމަކީ ދިވެހިރާއްޖޭގެ ދިރުންތަކުގެ ސިންދަފާރު ނުވަތަ ޤުދުރަތީ ވެށީގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ." ބަޔާނުގައި ބުނެފައިވެއެވެ.
އީޕީއޭއިން ބުނީ އެގޮތަށް ހިޖުރާ ކުރާ ދޫނިތައް ރައްކާތެރި ކުރުމަކީ ރާއްޖޭގެ ގުދުރަތީ ވެށީގެ މުއްސަނދިކަން އިތުރުވާ ކަމެއް ކަމަށެވެ. އެހެންކަމުން އެ ދޫނިތައް ހިމާޔަތް ކުރުމަށް ހެދިފައިވާ ގަވާއިދުތަކަށް ބޯލަނބައި، އެ ދޫނިތަކަށް ހިމާޔަތް ދިނުމަށް އެ އެޖެންސީއަށް އެއްބާރުލުން ދިނުމަށް ރައްޔިތުންގެ ކިބައިން އެދިފައި ވެއެވެ.
މި ދުވަސްވަރާ ދިމާކޮށް ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި، ގެންގުޅޭ މީހުންގެ މައުލޫމަތު އެނގޭނަމަ، އީޕީއޭގެ ހޮޓްލައިން 7980379 އަށް ގުޅައި އެންގުމަށް އީޕީއޭއިން ވަނި އެދިފައެވެ.
ރާއްޖެއަށް ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމާ ދިމާކޮށް އެކި ބާވަތުގެ ދޫނި އަންނައިރު، މިގޮތައް އަންނަ ދޫނިތަކާއި ހިމާޔަތްކޮށްފައިވާ ދިރޭ އެއްޗެތި އީޕީގެ ހުއްދަ ލިބިގެން ދިރާސާއެއް ކުރުމަށް ޓަކައި ނުވަތަ އެފަދަ ބޭނުމަކަށް ހިފުމާއި ގެންގުޅުމާއި އަދި އެތަކެތީގެ ބިސް ނެގުން، ގަވާއިދުގެ ދަށުން އިސްތިސްނާ ވާނެއެވެ.
އަސްލުވެސް މަނާކުރަންވާނެ. މިހާރީތި ދޫނިތަކެއް މިނިވަން ކަމާއެކު ދޫކޮށްފަ ބަހައްޓަންޖެހޭނީ