ސޭޓެއްގައިގަ ވަޅި އެޅި އަންހެން މީހާ ދޫކޮށްލައިފި

މިފަހަކަށް އައިސް ރާއްޖޭގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ފޭރުމާއި ވައްކަން ކުރުމާއި މީހުން ރަހީނުކުރުން ފަދަ ބޮޑެތި ކުށްކުށަށް އަރައިގަންނަ މީހުން ވަނީ ގިނަވާން ފަށާފައެވެ.

އަންހެން މީހާ ފިހާރައަށް ވަދެ، ސޭޓަށް ހަމަލާ ދޭ މަންޒަރު

މާލޭގައި ފޯނު ވިއްކާ ފިހާރައަކަށް ވަދެ، އެ އެތަނުގައި ހުރި ބިދޭސީ ސޭޓަށް ވަޅިން ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި އަންހެން މީހާ ބަންދުން ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި މިދިއަ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހައްޔަރު ކޮށްފައި ވަނީ އުމުރުން 29 އަހަރުގެ އަންހެނެކެވެ. އޭނާގެ ބަންދު މުއްދަތަށް ކޯޓަށް ހާޒިރު ކުރުމުން އޮކްޓޫބަރު އަށް ވަނަ ދުވަހު، 15 ދުވަހުގެ ބަންދެއް ޖަހައި ދިނެވެ.

ފުލުހުން ބުނީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ މިދިއަ އަންގާރަ ދުވަހު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލި ނަމަވެސް ފުލުހުން ގެންދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެ މީހާ ވަޅި އެޅި ހާދިސާއަށް ފަހު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި ޗާންދަނީމަގުގައި ހުންނަ "ޑްރީމްސް މޯބައިލް" ފިހާރަ އަށް އަންހެނަކު ވަދެ، އެ ފިހާރައިގައި ހުރި ސޭޓު ގާތުގައި ފޯނެއް ދެއްކުމަށް އެދެއެވެ. އަދި ފޯނު ދެއްކުމުން، އެ ދެމީހުންގެ މެދުގައި ދެބަސްވުމެއް ހިނގައެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން އޭނާގެ ހެދުމުގެ ތެރޭގައި ފޮރުވާފައި އޮތް ވަޅިއެއް ނަގައި ސޭޓުގެ ކަރުގައި އަޅާފައި ފިހާރައިން ނުކުމުގެންދާ މަންޒަރު ފެނެއެވެ.

މި ހާދިސާގައި އަނިޔާވި ބިދޭސީ މީހާއަށް ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ތޫނު ހަތިޔާރު ބޭނުން ކޮށްގެން ފޭރުމާއި ވައްކަން ކުރުމާއި މީހުން ރަހީނުކުރުން ފަދަ ބޮޑެތި ކުށްކުށަށް އަރައިގަންނަ މީހުން ވަނީ ގިނަވާން ފަށާފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.