"ޕީއެސްއައިޕީ މަޝްރޫއުތަކުގެ މުއްދަތު އިތުރުކުރަނީ ގާނޫނާ ހިލާފަށް"

ސަރުކާރުން މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފުވެއްޖެކަން ފާހަގަކުރައްވަމުން ފިރުޒުލް ވިދާޅުވީ ދައުލަތަށް މަންފާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމަކީ އަދަބު ކަނޑައެޅިގެންވާ ކުށެއް ކަމަށެވެ.

އިންތިހާބީ ރައީސްގެ އިންތިގާލީ ސްޕޯކްސް ޕާސަން މުހައްދު ފިރުޒުލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމާ ހަވާލުވެފައިވާ ކޮންޓްރެކްޓަަރުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީން ނިންމީ ގާނޫނާ ހިލާފަށް ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ ކޮންޓްރެކްޓަރުންނަށް ކޮވިޑ1-19ގެ ހާލަތާ ގުޅިގެން ދިމާވި އެކި ދަތިތަކަށް ލުޔެއް ހޯދައިދޭން 2020 ވަނަ އަހަރު ކޮވިޑުގެ ހާލަތު އިއުލާންކުރި ފަހުން އަދި މިދިޔަ މެއި 30 ގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން މިހާރު ވެސް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

އެ ސާކިއުލާގައި ބުނެފައިވާ ގޮތުގައި މުއްދަތު އިތުރުކޮށްދޭނީ ހަ މަސް ދުވަހަށެވެ. މުއްދަތު އިތުރުކޮށްދޭނީ މިނިސްޓްރީގައި އެދޭ ކޮންޓްރެކްޓަރުންނަށް އެކަނި ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ މުއްދަތު އިތުރުކޮށްދޭން މިނިސްޓްރީން ނިންމާފައިވާއިރު، ކޮވިޑާ ގުޅިގެން ނެރުނު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ އަހަރުގެ މާޗް މަހުގެ 14 ވަނަ ދުވަހު އުވާލާފައިވާ ކަމަށެވެ.

"އޭގެ ފަހުން އެއް އަހަރާ އަށް މަސް ފާއިތުވެގެން ގޮސްފައިވާއިރު، އެ ހާލަތާ ގުޅިގެން ދިމާވި ދަތިތަކާ ގުޅިގެން މުއްދަތަށް ނުނިމިފައިވާ ޕްރޮޖެކްޓްތަކުގެ މުއްދަތު އިތުރުކުރުމުގެ ކަންކަން ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެކަށީގެންވާ ފުރުސަތު ލިބިފަވޭ،" ފުރުޒުލް ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ސަރުކާރުން 30 މޭ ގެ ނިޔަލަށް ސޮއިކޮށްފައިވާ މަޝްރޫއުތަކުގެ މުއްދަތު ކަނޑައަޅަން ޖެހޭނީ ކޮވިޑްގެ އެ ހާލަތާ ގުޅިގެން ލިބޭނެ ދަތިތަކަށް އެކަށީގެންވާ ޖާގަ ލިބޭނެހެން ކަމަށެވެ. އެ ޖާގަ ނުދީ ސޮއިކޮށްފައި އޮތް އިތުމަކީ ދައުލަތަށް ގެއްލުން ލިބޭނެހެން ކޮށްފައިވާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރެއްވި އެވެ.

"އެ އެއްބަސްވުންތަކުގަ ސޮއިކުރި އެނގެން ނެތް ދަތިތަކެއްކަމަށް ބަލައި، އެ ދަތިތަކަށް ލުޔެއް ދިނުމުގެ ގޮތުން މުއްދަތު އިތުރުކުރުމަކީ އެކަމުގެ ސަބަބުން ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުން ކަމަށް ބެލެމުގެ ފުރުސަތު އޮންނާނެ ކަން އަޅުގަނޑު ދެކެން،" ފިރުޒުލް ވިދާޅުވި އެވެ.

ސަރުކާރުން މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފުވެއްޖެކަން ފާހަގަކުރައްވަމުން ފިރުޒުލް ވިދާޅުވީ ދައުލަތަށް މަންފާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމަކީ އަދަބު ކަނޑައެޅިގެންވާ ކުށެއް ކަމަށެވެ.

އަދި، އިންތިގާލީ މަރުހަލާގެ ތެރޭގައި މިފަދަ ފިޔަވަޅުތައް ނޭޅުމަށް ސަރުކާރަށް އަންގާފައިވާ އެންގުން ވެސް ތަކުރާރު ކުރެއްވި އެވެ.

ފިނޭންސުން އިއްޔެ ނެރުނު ސާކިއުލާގައި ބުނެފައި ވަނީ މުއްދަތު އިތުރުކުރަން ބޭނުންވާ ކޮންޓްރެކްޓަރުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަ މަސް ދުވަހަށްވުރެ އިތުރު ނުވާނެހެން އެ މިނިސްޓްރީގައި އެދުމަށެވެ. މި އެއްބަސްވުންތައް އާ ކުރާއިރު ސަރުކާރު ނިމޭން އޮންނަނީ ސައުވީސް ގަޑިއިރުގެ ވަގުތުކޮޅެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.