މި ދަފްތަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނު ގެ 57 ވަނަ މާއްދާ ގެ ދަށުން، ޖެންޑާ މިނިސްޓްރީން ޝާއިއުކުރާ ލިސްޓެވެ.
ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުން އެންމެ ގިނައިން ތިބީ ރާއްޖޭގެ ދެކުނާއި އުތުރުގައި ކަމަށް ކުޑަކުދިންނަށް ޖިންސީގޯނާ ކުރާ މީހުން ޖައްސާ ދަފްތަރުން ހާމަވަ އެވެ.
އެ ދަފުތަރުގައިވާ ގޮތުން ރާާއްޖޭގެ ދެކުނު ކަމަށް ބަލައި އުޅޭ ގއ. އަތޮޅާއި ތިނަދޫ ސިޓީ ހިމެނޭ ގޮތަށް ގދ. އަތޮޅާއި ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި 36 މީހަކު އެބަތިއްބެވެ.
ދެން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މީހުން އެންމެ ގިނައީ އުތުރު / ބޮޑުތިލަދުންމަތީގަ އެވެ. ހއ. އާއި ހދ. އާއި ށ. ހިމެނޭ ގޮތުން 24 މީހުން ހަމަވެ އެވެ.
އެއް ރަށަކުން އެންމެ ގިނަ މީހުން ތިބީ ވެރިރަށް މާލޭ ސިޓީގަ އެވެ. އެއީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ގޮތުން 15 މީހުނެވެ. ނ. އަތޮޅުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި 7 މީހުން އެބަތިއްބެވެ.
ރ. އަތޮޅުގައި ދެ މީހުން އަދި ބ. އަތޮޅުގައި ވެސް ދެ މީހުނެވެ. ޅ. އަތޮޅުގައި ހަ މީހުނެވެ. މާލެ އަތޮޅުގައި ދެ މީހުނެވެ. އދ. އަތޮޅުގައި ތިން މީހުނެވެ. ވ. އަތޮޅުގައި ދެ މީހުން މ. އަތޮޅުގައި ތިން މީހުން، ފ. އަތޮޅުގައި ދެ މީހުން ދ. އަތޮޅުގައި އެކަކު ތ. އަތޮޅުގައި ހަތަރު މީހުން ލ. އަތޮޅުގައި ދެ މީހުންނެވެ.
ދަފުތަރުގައި 132 މީހުން ތިބި އިރު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހަކު ނެތީ އއ. އަތޮޅުގަ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރެއް ފުރަތަމަ ފަހަރަށް އެކުލަވާލައިފައި ވަނީ 2018 ވަނަ އަހަރު އެވެ. މި ދަފްތަރަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނު ގެ 57 ވަނަ މާއްދާ ގެ ދަށުން، ޖެންޑާ މިނިސްޓްރީން ޝާއިއުކުރަން ޖެހޭ ލިސްޓެވެ.
މުޖުތަމައުން ވަކި ކޮށް މިކަހަލަ މީހުން ލާފަ ބައިތިއްބަންވީ ވަކި ރަށެއްގަ. މިފަދަ ގޮތެއް ފޮތެއް ނެތް މީހުން ލައިގެން ބާކީ ތިބި މީހުންވެސް ހަލާކު ވަމުން ދާނީ