ސިޓްރިޒަނެއްގައި ކެމިކަލް ހުރުމުން ވިއްކުމާ ބޭނުން ކުރުން މަނާކޮށްފި

މިއަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގާ ސްކްރީން ކުރިއިރު ޕާކިސްތާނުގައި އުފައްދާފައިވާ ސިޓްރިޒަނެއް އެއްގައި ޑައިތައިލިން ގްލައިކޯލް އަދި އިތައިލިން ގްލައިކޯލް ހުރިކަން ކަށަވަރުވެފައިވާ ކަމަށް ބުންޏެވެ.

ސިޓްރިޒަނެއްގައި ކެމިކަލް ހުރުމުން ވިއްކުމާ ބޭނުން ކުރުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރެފައިވާ އެލާޓެއް ގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުފައްދާ، ކެއްސުމާއި ހުމާ އަދި ރޯގާއަށް ބޭނުން ކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިތައިލިން ގްލައިކޯލް އަދި އިތައިލިން ގްލައިކޯލް ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެލާޓް ކޮށްފައިވާ ކަމަށެވެ.

އެ އެލާޓާއި ގުޅިގެން ރާއްޖެއިން ވެސް ރެންޑަމްކޮށް މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސަކަތް ކުރާ ކަމަށެވެ.

ކެމިކަލް ދެނެގަތުމަށްޓަކައި ކުރަން ޖެހޭ ކޮންޕަމޭޓްރީ ޓެސްޓް މިވަގުތު ރާއްޖެއިން ކުރެވޭނެ އިންތިޒާމު ނެތްކަން ފާހަގަކޮށް އެމްއެފްޑީއޭ އިން ބުނީ މި ގޮތަށް ސްކްރީންކޮށް މި ކެމިކަލް މާއްސާ ހުރިކަން ފާހަގަ ކުރެވޭ ސާމްޕަލްތައް ރާއްޖޭން ބޭރުގެ ލެބޯޓަރީއަކުން ޓެސްޓް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަހަރުގެ މިހާތަނަށް 10 ސާމްޕަލް މާކެޓުން ނަގާ ސްކްރީން ކުރިއިރު ޕާކިސްތާނުގައި އުފައްދާފައިވާ ސިޓްރިޒަނެއް އެއްގައި ޑައިތައިލިން ގްލައިކޯލް އަދި އިތައިލިން ގްލައިކޯލް ހުރިކަން ކަށަވަރުވެފައިވާ ކަމަށެވެ. އެހެން ކަމުން އިތުރު ތަހުލީލުތަކެއް ކުރަން ނިންމާފައިވާތީ މި ޓެސްޓްގެ ނަތީޖާ ލިބި ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރެވެންދެން އެ ބުރޭންޑްގެ ބޭސް އެތެރެކުރުމާއި ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް

1
450
ޔޫނުސް
10 months ago

" ކެމިކަލް ދެނެގަތުމަށްޓަކައި ކުރަން ޖެހޭ ކޮންޕަމޭޓްރީ ޓެސްޓް މިވަގުތު ރާއްޖެއިން ކުރެވޭނެ އިންތިޒާމު ނެތްކަން ފާހަގަކޮށް" މިއުޅެނީ 2023 ގަ . އަދިވެސް ދިވެހި ރާއްޖެ އޮތް ހާލަތު މިއީ. ދެރަވަރު

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.